ޚަބަރު ބޮލީވުޑް

ޑްރައިވަރާއި ކައްކާއިން ފައްސިވުމުން، ސަލްމާން ޚާން ކޮވިޑް-19އަށް ޓެސްޓު ކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ސަލްމާން ޚާންގެ ޕާސަނަލް ޑްރައިވަރުގެ އިތުރުން ގޭގައި މަސައްކަތް ކުރާ ދެ ކައްކާއަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން ސަލްމާން ޚާން އާއި އާއިލާ ކޮވިޑް-19 އަށް ޓެސްޓު ކޮށްފިއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "މުމްބާއީ މިރާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސަލްމާން އާއި އާއިލާގެ ޓެސްޓު ވެސް ވަނީ ނައްސި ވެފައެވެ. ނަމަވެސް މިކަން ރަސްމީކޮށް ސަލްމާން އަދި ހާމަ ކޮށްފައެއް ނުވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސަލްމާންގެ ގެއިން ފައްސިވި ތިން މުވައްޒަފުންގެ ގައިން ވެސް ފެންނަމުން ދަނީ ބަލީގެ ކުދި އަލާމާތްތަކެވެ، އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ނަމަވެސް ތިން މީހުނަށް ވެސް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.

ފައްސިވި އެއްވެސް މުވައްޒަފަކާ ޑައިރެކްޓް ކޮންޓެކްޓް ނުވި ނަމަވެސް ސަލްމާން ވަނީ 7 ދުވަހަށް ހޯމް ކަރަންޓީނުގައި ވެސް މަޑުކޮށްފައެވެ. އަދި މިހާރު ކޮވިޑް ޓެސްޓު ނައްސިވެ، ބަލީގެ އަލާމާތެއް ފެނުމާއެކު ބިގް ބޮސް 14 ގެ ޝޫޓިން އަށް ސަލްމާން އެނބުރި ދާނެ ކަމަށް ބެލެވެއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!