ދުނިޔެ

މިނިމަސް ކެއުމުގެ ތުހުމަތުގައ މީހަކު ހައްޔަރު ކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ޖަރުމަނުގެ ވެރި ރަށް ބާލިން އަށް ނިސްބަތްވާ އުމުރުން 41 އަހަރުގެ މީހަކު ހައްޔަރު ކޮށްފިއެވެ. މި މީހާ ހައްޔަރު ކޮށްފައިވަނީ އެ ޤައުމުން ފެނުނު މިނި ކަށިތަކަކާ ގުޅިގެންނެވެ. އަދި މި މީހާގެ މައްޗަށް ޖަރުމަނުގެ ފުލުހުން ވަނީ މިނިމަސް ކެއުމުގެ ތުހުމަތު ކޮށްފައެވެ.  

Ads by Sosun Fihaara

ބާލިން ގެ ފުލުހުން ހާމަ ކުރާ ގޮތުގައި މި މައްސަލަ އާއި ދާދި ފަހުން އެ ޤައުމުން ގެއްލުނު މީހަކާ ގުޅުމެއް ވެއެވެ. އެހެންކަމުން ހަލުވި މިނެއްގައި މި މައްސަލަ ތަހުޤީޤު ކުރަމުން އަންނަ ކަމަށް ފުލުހުން ހާމަ ކުރެއެވެ.

މިދިޔަ ހަފްތާ ބުދަ ދުވަހު މި މީހާ ހައްޔަރު ކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގައި އެ ޤައުމުން ގެއްލުނު އުމުރުން 44 އަހަރުގެ މީހަކާއި ގުޅުމެއް ވާކަމަށް ޝައްކު ކުރެވޭތީއެވެ. ފުލުހުން ނަން ހާމަ ކޮށްފައި ނުވިޔަސް ބޭރުގެ މީޑިޔާ ތަކުން ހަބަރު ފަތުރާ ގޮތުގައި ގެއްލިފައި ވަނީ ޖަރުމަނުގެ ސްކޫލެއްގައި ކެމިސްޓްރީ އަދި ހިސާބު ކިޔަވައިދެމުންދާ ޓީޗަރެކެވެ.

މި މީހާ ގެއްލިގެން ހޯދަމުން ދަނިކޮށް ޖަރުމަނުގެ ޕާކެއްގެ ތެރެއިން ނޮވެމްބަރ މަހުގެ 8 ވަނަ ދުވަހު ވަނީ މިނި ކަށިތަކެއް ފެނިފައެވެ. އަދި މިކަން ތަހުޤީޤު ކޮށް ހޯދި ހޯދުން ތަކުން ހާމަވި ގޮތުގައި މި ކަށި ތަކަކީ ގެއްލުނު މީހާގެ ކަށިތަކެވެ. އަދި އެ ކަށިތަކުން މިނިމަސް ކައިފައިވާ ކަމުގެ އަސަރު ފެންނަށް ހުރި ކަމަށްވެސް ފުލުހުން ހާމަ ކުރެއެވެ. އަދި ފުލުހުން އިތުރަށް ތަހުޤީޤު ކޮށް މި މައްސަލަ އާއި ގުޅުމެއް ވާ ކަމަށް ޝައްކު ކޮށްފައިވަނީ ދާދި ފަހުން ހައްޔަރު ކުރި 41 އަހަރުގެ މީހާއެވެ.

ފުލުހުންގެ ތަހުޤީޤުން ހައްޔަރު ކޮށްފައިވާ މީހާގެ ގެއިން މި ކަމާއި ގުޅުމެއް ވާ ކަމަށް ބެލެވޭ ބޮޑު އައިސް އަލަމާރި އެއް ވަނީ ހޯދާފައެވެ. މީގެ އިތުރުން އޮންލައިން ޗެޓް ކޮށް ، މަރުވި މީހާ އާއި ތުހުމަތު ކުރެވޭ މީހާ ވަނީ ބައްދަލު ވުމަށް ވެސް އެއްބަސް ވެފައި ކަމަށް ފުލުހުން ހާމަ ކުރެއެވެ.  

މީގެ ކުރިން ވެސް ޖަރުމަނުން ވަނީ މިފަދަ މައްސަލަތަކެއް ފެންމަތި ވެފައެވެ.  

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!