ރިޕޯޓް

މީސްމީޑިއާގައި މީހުންގެ މަރުގެ ހަބަރު ހިއްސާ ކުރުން: މަރުވި މީހާގެ މައުލޫމާތު ހިއްސާ ކުރުން މުހިންމު!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ވަރަށް ގިނައިން ފޭސްބުކާއި ޓްވިޓާރ ފަދަ މީސްމީޑިއާގެ މަންސަތަކުން މީހުންގެ މަރުގެ ހަބަރުތައް ލިޔެފައި ހުންނަ މަންޒަރު ފެނެއެވެ. އެގޮތަށް މަރުގެ ހަބަރު ލިޔަނީ އޭނާގެ ގާތް ތިމާގެ މީހަކު ނުވަތަ އެކުވެރިއަކު ނުވަތަ ދަންނަ މީހަކު ނިޔާވެގެން ކަން އެނގެއެވެ. ނަމަވެސް ހަގީގަތުގައި ބަައެއް ފަހަރަށް ނިޔާވީ ކާކުކަން ނޭނގިގެން އުޅެން ޖެހޭ ފަހަރުވެސް އާދެއެވެ.

Ads by STELCO
" إِنَّا لِلَّهِ وَإِنَّ إِلَيْهِ رَاجِعُونَ މައްޔިތާގެ ފުރާނަ އަށް ހެޔޮ ރަހުމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި. އާމީން" މިހެން ލިޔެފައިވާ މަންޒަރު ފެންނަނީ މަދަކުން ނޫނެވެ. ތިބާގެ އެކުވެރިއަކު ފޭސްބުކްގައި ނުވަތަ ޓްވީޓާގައި މިފަދަ ޕޯސްޓެއް ކުރުމުން ނިޔާވީ އޭނާއާ ކޮން ގުޅުމެއް ހުރި ކާކުތޯ ބަލަން ތިބާ ވެސް ބޭނުން ވާނެއެވެ. ނުވަތަ ނިޔާވީ ތިބާއާ ވެސް ގުޅުމެއް ހުރި މީހެއްތޯ ބަލަން ތިބާ ބޭނުންވާނެއެވެ.
ނަމަވެސް އެ ޕޯސްޓަކުން ނިޔާވީ އޭނާއާ ކޮން ގުޅުމެއް ހުރި މީހެއް ކަމެއް ވެސް ނިޔާވީ ކޮން ނަމެއް ކިޔާ ކާކު ކަމެއް ވެސް ނޭނގެއެވެ. ހަގީގަތުގައި މީސް މީޑިއާގައި މީހުންގެ މަރުގެ ހަބަރު ހިއްސާ ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ. ވިސްނާލުމުން އަޅުގަނޑަށް އެނގުނީ، އެއް ބޭނުމަކީ މައްޔިތާގެ ގާތްތިމާގެ މީހުންނާއި އެކުވެރިންނާއި އަދި ދަންނަ މީހުންނަށް ވެސް އޭނާގެ މަރުގެ ހަބަރު ދިނުމެވެ. މީސްމީޑީއާ އަކީ އެކަމަށް ނުހަނު ފަސޭހަ ވަސީލަތެކެވެ. އަނެއް ބޭނުމަކީ އެ ޕޯސްޓު ފެނި މައްޔިތާގެ މައްޗަށް މީހުން ހެޔޮ ދުއާ ކުރުމެވެ. އަނެއް ބޭނުމަކީ މައްޔިތާގެ ކަށުނަމާދަށް ގިނަ ބަޔަކު ދިއުމެވެ.
ހަމައެކަނި އެގޮތަށް ޖަހައިގެން މި 2 ބޭނުންވެސް ހާސިލެއް ނުވެއެވެ. އެހެނީ މަރުވީ ކާކުކަމެއް އެ ޕޯސްޓަކުންނެއް ނޭނގެއެވެ. އެހެންކަމުން އެ މަރުވި މީހާގެ މައްޗަށް ހެޔޮ ދުއާ ވެސް ނުކުރެވޭނެއެވެ. އެހެން ނަމަވެސް ނިޔާވީ ކާކުކަން ޕޯސްޓުގައި ޖަހާލުމުން އެޕޯސްޓު ފެންނަ ކޮންމެ މީހަކަށް ވެސް ނިޔާވީ ކާކުކަން އެނގި މައްޔިތާގެ މައްޗަށް ހެޔޮދުއާ ކުރެވޭނެއެވެ.
އެހެންކަމުން މީހެއްގެ މަރުގެ ހަބަރު މީސްމީޑިއާގައި ހިއްސާ ކުރާއިރު މިއީ ސަމާލުކަން ދޭންވީ ކަމެކެވެ. ހަމަ އެކަނި " إِنَّا لِلَّهِ وَإِنَّ إِلَيْهِ رَاجِعُونَ މައްޔިތާގެ ފުރާނަ އަށް ހެޔޮ ރަހުމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި. އާމީން" މިހެން ޖަހާލުމުން ގިނަ ބައެއްގެ ހިތުގައި މަރުވީ ކާކުތޯ ތިބާއާ ކިހާ ގާތްކަމެއް ހުރި މީހެއްތޯ ސުވާލު އުފެދެއެވެ. އެހެން ނަމަވެސް މަރުވީ ތިބާގެ ގާތްތިމާގެ މީހެއް ނަމަ އޭނާއާ ތިބާއާ ހުރި ގުޅުން އަދި ނަން ހިއްސާ ކޮށްލުމަކީ މުހިއްމު ކަމެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!