Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކެނޑިޑޭޓުންގެ ސާބިތު ދަރަންޏެއް އޮތަސް އިންތިހާބުގައި ބައިވެރިވެވޭނެ: އީސީ

ކެނޑިޑޭޓުންގެ ސާބިތު ދަރަންޏެއް އޮތަސް އިންތިހާބުގައި ބައިވެރިވެވޭނެ: އީސީ

އިންތިހާބުތަކުގައި ވާދަކުރާ ކެނޑިޑޭޓުންގެ ސާބިތު ދަރަންޏެއް އޮތުމަކީ އިންތިހާބުގައި ވާދަކުރެވޭނެކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އީސީގެ ނައިބު ރައީސް އިސްމައިލް ހަބީބް މިއަދު ވިދާޅުވީ އިންތިހާބުތަކުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ސާބިތު ދަރަންޏެއް އޮތުމަކީ މައްސަލައެއް ނޫން ކަމަށެވެ. މައްސަލައަކަށް ވާނީ، ސާބިތު ދަރަނީގެ ޙުކުމްގައި އޮންނަ މުއްދަތަށް، ޙުކުމާ އެއްގޮތަށް ފައިސާ ދައްކަވަމުން ނުގެންދަވާނަމަ ކަމަށް ހަބީބް ވިދާޅުވިއެވެ.

ހަބީބް މިފަދައިން ވިދާޅުވީ މާލެ ސިޓީގެ މޭޔަރު ކަމަށް ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އާޒިމާ ޝަކޫރުގެ މައްޗަައް ދަރަންޏެއް ސާބިތުވާކަމަށް ސިވިލްކޯޓުން ކޮށްފައިވާ ހުކުމެއް އިއްޔެ ފެންމަތިވުމާއި ގުޅިގެންނެވެ.

Advertisement
Ooredoo — Square (box)

ސިވިލް ކޯޓުން އާޒިމާގެ ޣައިރު ހާޒިރުގައި ހުކުމް ކޮށްފައި ވަނީ ޕްލެޓިނަމް ރެސިޑެންސުގެ ފްލެޓެއް ގަތުމަށް އިސްލާމިކް ބޭންކް (އެމްއައިބީ)ން ނަންގަވާފައިވާ ލޯނަކަށް ގަވާއިދުން ފައިސާ ދައްކަވަމުން ނުދާ ކަމަށާއި ޑިމިނިޝިން މުޝަރަކާ (ޑީއެމް)ގެ ދަށުން ނަގާފައިވާ މި ފައިނޭންސިންގް ފެސިލިޓީގެ ދަށުން މިއަދުގެ ނިޔަލަށް ޖުމްލަ 4،156،355 ރުފިޔާ އަރާފައިވުމުން އެ ފައިސާ 6 މަސްދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް