Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޑިމޮކްރެޓްސްއިން ރައީސް އަޒުލު ކުރާ ވާހަކަ ދައްކާތީ މަހްލޫފްގެ ނުރުހުން

ޑިމޮކްރެޓްސްއިން ރައީސް އަޒުލު ކުރާ ވާހަކަ ދައްކާތީ މަހްލޫފްގެ ނުރުހުން

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޤާމުން ދުރުކުރުމުގެ ވާހަކަ ދަ ޑިމޮކްރެޓްސް ޕާޓީން ދައްކާތީ މިދިޔަ އެމްޑީޕީ ސަރުކާރުގައި ޔޫތް މިނިސްޓަރުކަން ކުރެއްވި އަޙްމަދު މަހްލޫފް ނުރުހުންވެ ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.

އަވައްޓެރި އިންޑިއާއާ ގުޅުން ގޯސްވެފައި އޮއްވާ އިއްޔެ ޑިމޮކްރެޓުންގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވަނީ ރައީސް އަޒުލުކުރަން ތައްޔާރުތޯ ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ.

އެކަމަށް ރައްދު ދެއްވަމުން މި ސަރުކާރު އުފެދުނީ އާޒިމްއާއި ދަ ޑިމޮކްރެޓްސް ގެވެސް ފުރިހަމަ ތާއީދާއެކު ނޫންތޯ މަހްލޫފް ވަނީ ސުވާލު ކުރައްވައިފައެވެ.

Advertisement
Ooredoo — Truecaller (box)

އަދި ރައްޔިތުން އިންތިޚާބުކޮށްފައިވާ ސަރުކާރެއް ގަދަބާރުން, ބަޣާވާތެއްކޮށްގެން ވައްޓާލުމާ ދެކޮޅު ކަމަށާއި އިންތިޙާބުތަކަކީ ކުޅޭ ކުޅިވަރަކަށް ވެގެންނުވާނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

ސަރުކާރުގެ ދިފާއުގައި މަހްލޫފް ވާހަކަފުޅު ދައްކަވާފައިވާއިރު, މި ފަހުން އެމްޑީޕީއަށް ނިސްބަތްވާ 14 މެންބަރަކު ވަނީ އެ ޕާޓީ ދޫކޮށް، ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. އެ ބޭފުޅުން ޕީއެންސީއާ ގުޅިވަޑައިގަތީ އެމްޑީޕީގެ ތެރެއިން މަޖިލިސް ބޭނުންކޮށް ސަރުކާރު އަޒުލުކުރަން އުޅޭ ކަމަށް އަޑުތައް ފެތުރުމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް