Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ދުނިޔެ

އިންޑިއާ ކަނޑުގެ ޖޮއިންޓް ޓްރެއިނިންތަކަށް އިނގިރޭސިވިލާތުން ހަނގުރާމަމަތީ އުޅަނދުތަކާއި މަތިންދާބޯޓު އުފުލާ އުޅަނދުތައް ބޭނުންކުރަނީ

އިނގިރޭސިވިލާތުން ބުދަ ދުވަހު ބުނީ ދެ ގައުމުގެ ސަލާމަތީ ގުޅުން ބަދަހިވަމުން އަންނައިރު އިންޑިއާ ސިފައިންނާ އެކު ޖޮއިންޓް ޓްރެއިނިންތަކާއި އޮޕަރޭޝަންތަކަށް މި އަހަރުގެ ފަހުކޮޅު އިންޑިއާ ކަނޑުގެ އަސްކަރީ އުޅަނދުތަކާއި މަތިންދާބޯޓު އުފުލާ އުޅަނދެއް އިންޑިއާ ކަނޑުގެ ސަރަހައްދަށް ފޮނުވާނެ ކަމަށެވެ.

އިނގިރޭސި ވިލާތުގެ ޑިފެންސް ސެކްރެޓަރީ ގްރާންޓް ޝެޕްސް ވިދާޅުވީ ރޯޔަލް ނޭވީގެ ލިޓޯރަލް ރެސްޕޮންސް ގްރޫޕުން މިއަހަރު އިންޑިއާ ކަނޑުގެ ސަރަހައްދަށް ޒިޔާރަތް ކުރާނެ ކަމަށާއި ޖެހިގެން އަންނަ ދުވަހު އެ ގައުމުގެ ކެރިއާ ސްޓްރައިކް ގްރޫޕަށް ޒިޔާރަތް ކުރާނެ ކަމަށެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ރާޖްނާތު ސިންގް އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޝާޕްސް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މުޅި ދުނިޔޭގައި ވާދަވެރިކަން އިތުރުވަމުންދާކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށާއި އެހެންކަމުން އިންޑިއާ ފަދަ މުހިންމު ޕާޓްނަރުންނާއެކު ސްޓްރެޓެޖިކް ގުޅުންތައް ބަދަހިކުރުން މުހިންމު ކަމަށެވެ.

Advertisement
HDC — Sidebar (box)

އަދި ސަލާމަތީ ގޮތުން ދިމާވާ ގޮންޖެހުންތަކާ އެކު، މިނިވަން އަދި ތަނަވަސް އިންޑޯ ޕެސިފިކް ސަރަހައްދެއް ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި ދެމިތިބޭނެ ކަމަށެވެ.

އަދި ވިޔަފާރީގެ މަގުތައް ހިމާޔަތްކުރުމާއި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އިނގިރޭސިވިލާތާއި އިންޑިއާ ގުޅިގެން ކުރިއަށް އޮތް އަހަރުތަކުގައި އިތުރު ކޮމްޕްލެކްސް އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދާނެ ކަމަށް އިނގިރޭސި ވިލާތުގެ ދިފާއީ ވުޒާރާއިން ބުނެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް