ޚަބަރު

ޓެންޑާ ބޯޑު މެންބަރެއްގެ ކޮރަޕްޝަން މައްސަލައެއް އޭސީސީ އަށް ހުށަހަޅައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ނޭޝަނަލް ޓެންޑާ ބޯޑު އަދި ފިނޭންސް މިނިސްޓްރީގެ މެންބަރެއްގެ ކޮރަޕްޝަން މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފި އެވެ.

Ads by STELCO

އޮންލައިން ނޫސް "ވަގުތު" އިން ބުނެފައިވަނީ މިމައްސަލަ އޭސީސީ އަށް ހުށަހަޅާފައިވާކަން އެކޮމިޝަނުން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

ކޮރަޕްޝަންގެ އެ މައްސަލައަކީ ޑިފެންސް މިނިސްޓްރީގެ އާ އިމާރާތް އެޅުމަށް އެންމެ ހެޔޮ އަގު ހުށަހެޅި ކުންފުންޏަށް ވުރެ 5.5 މިލިޔަން ރުފިޔާ ބޮޑު ކޮށް އެ މަސައްކަތް ފިނޭންސް މިނިސްޓްރީން އެހެން ކުންފުންޏަކަށް ހަވާލުކުރި މައްސަލައެއް ކަމަށް ވެސް އެނގިފައިވެއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!