ލައިފްސްޓައިލް

ދުވަން ގޮސް އުޅުމުގެ ތެރޭގައި އަންހެނަކު ރޭލެއްގައި ނުޖެހި ސަލާމަތްވީ ހަމަކިރިޔާ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދުވުމަކީ ސިއްޙަތަށް ވަރަށް ފައިދާހުރި ކަމެކެވެ. ނަމަވެސް ދުވާއިރު ބަލާލައިގެން އުޅުމަކީ ވެސް މުހިންމު ކަމެއްކަން އިނގިރޭސިވިލާތުގައި ދާދި ފަހުން ހިނގި ހާދިސާއަކުން މިވަނީ ހާމަވެފައެވެ.

Ads by Sosun Fihaara

މިހާދިސާގެ ވީޑިއޯއެއް ވެސް އާއްމުވެފައިވާއިރު، އޭގެން ފެންނަނީ ދުވަން ގޮސް އުޅުނު މީހަކު ހަމަ ކިރިޔާ ރޭލެއްގައި ނުޖެހި ސަލާމަތްވާ މަންޒަރެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އުމުރުން 43 އަހަރުގެ އެއަންހެންމީހާ ރޭލު ދަނގަޑެއް ހުރަސް ކުރީ އެއްވެސް ވަރަކަށް ބަލާނުލައެވެ. އަދި އޭނާ ހުރީ ހެޑްފޯނު އަޅައިގެން ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

މިމަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 8:30 ގައި ހިނގި މިހާދިސާ ކިޔައިދެމުން ރޭލުގެ ޑްރައިވަރު ބުނީ، އަންހެންމީހާ އާއި ރޭލާ އެއިރު ހުރީ މީޓަރެއްހާ ދުރުމިން ކަމަށެވެ.

ނެޓްވޯކް ރެއިލްގެ ލެވެލް ކްރޮސިންގ މެނޭޖަރ ރީސް އީވަންސް ބުނީ ވަގުތު އޮއްވާ އެއަންހެންމީހާ އެތަނުން ދުރަށް ނުދިޔަނަމަ، އެދުވަހު އޭނާގެ ފުރާނަ ސަލާމަތް ނުވީސް ކަމަށެވެ.

ރޭލު ދަގަނޑުމަތީގައި ހިނގާއިރު ނުވަތަ ދުވާއިރު ވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށާއި، ހެޑްފޯނު ފަދަ ތަކެތި އަޅައިގެން ނުހުރެ، އަޑުތަކަށް ޚާއްސަ ސަމާލުކަމެއް ވެސް ދޭން ވާނެ ކަމަށް ވެސް އީވަންސް ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!