ޚަބަރު

ފައްޔާޒުގެ ދިފާއުގައި ބޭބެ ، އިބްރާ: ޢަލީ ޢާޒިމަށް "ވައްކަމެއް ނޫން ، ހަތަރެސްކަން"!

އާއިޝަތު އަލީނާ ، ދެން އޮންލައިން

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ކުރައްވާ ވައްކަން އެނގޭ ކަމަށާއި ، ނޭނގި ނުވެސް ކުރެވޭނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް ވިދާޅުވުމުން ، ފައްޔާޒުގެ ބޭބެ އިބްރާހީމް އިސްމާޢީލް (އިބްރާ) ޢަލީ އާޒިމަށް ރައްދު ދެއްވައިފިއެވެ.

Ads by MWSC

މިނިސްޓަރ ފައްޔާޒު ، މީގެ ކުރިން ވިދާޅުވީ އެމަނިކުފާނު ވައްކަމެއް ނުކުރައްވާނެ ކަމަށާއި އަދި ކުރިޔަސް ވެސް "އެބޭފުޅުންނަކަށް" ނޭނގޭނެ ކަމަށެވެ. ހަމައެހެންމެ "ބްރޯ"ގެ ނަން ދިންފަހުން ކަންކަމުގައި އެމަނިކުފާނަށް ގުޅާ މީހުން ވެސް އިތުރުވެއްޖެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނުގެ މި ބަސްފުޅަށް ރައްދު ދެއްވަމުން ، ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޢަލީ އާޒިމް ވިދާޅުވީ ފައްޔާޒު ކުރައްވާ ވައްކަން އެނގޭ ކަމަށާއި އަދި އެ މައްސަލަ ނުބެލޭނެނަމަ ވައްކަމުގެ ވާހަކަ ދައްކަވާނެ ކަމަށެވެ.

މިނިސްޓަރ ފައްޔާޒަށް ރައްދު ދިނުމުން އެމަނިކުފާނުގެ ދިފާއުގައި ބޭބެ އިބްރާހީމް އިސްމާއީލް (އިބްރާ) ވަނީ ޢަލީ ޢާޒިމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އެގޮތުން ކަންކަން ހިނގާގޮތް ނޭނގޭ މީހުން މަޖިލީހަށް ވަނީމަ ވާނެ ހަތަރުއެތި މިއޮތީ ވެފައި ނޫންތޯ އިބްރާ ވިދާޅުވެފައި ވެއެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ، ދައުލަތުން މީހަކު ވައްކަން ކުރާކަން ނުވަތަ ކޮށްފިކަން އެނގުނީމަ ވައްކަން ދައްކައިގެން ގޮތެއް ހޯދާ ވާހަކަ ދެއްކީމާ ހީވަނީ އެބުނާ ވައްކަމަކުން ބައެއް ނުލިބިގެން އުޅޭހެން ، ވައްކަން ކުރިކަން އެނގުނީމަ އަދި ވަކިން ޚާއްޞަކޮށް ހެކި ހުރިނަމަ އެކަމާ ފިޔަވަޅު އަޅާނީ މަޖިލީހަކުން ނޫން ، އެ މައްސަލަ އަވަހަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވައިގެން ، އެތަނުން ތަޙްގީގްކޮށް ޕީޖީއަށް ފޮނުވައިގެން ދަޢުވާކޮށް ކޯޓުން ޙުކުމް ކޮށްގެން އެމީހަކު ޖަލަށް ލާނީ ، މިވަރު ނޭނގޭ މީހުން މަޖިލީހަށް ވަނީމަ ވާނެ ހަތަރުއެތު މިއޮތީ ވެފައި ނޫންތޯ؟' ފޭސްބުކްގައި އިބްރާ ލިޔުއްވާފައި ވެއެވެ.

މިނިސްޓަރ ފައްޔާޒު އިސްމާޢީލްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މީގެ ކުރިން އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވަނީ މަސައްކަތް ކޮށްފައެވެ. ޕާޓީ ތެރޭގައި ބްރޯ ހެއްދެވިގެން ނޫޅެވޭނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު އިސްވެހުންނަވާ ފެއްޓެވި އެ މަސައްކަތް މިހާރު ވަނީ ބޭނުންވާ އަދަދު ހަމަނުވެގެން ހުއްޓިފައެވެ.

  1. ޝަޒުމާ

    ޢަބަދު މިނިސްޓަރަކު ވަކި ކުރުން މީތަ މަޖްލިސްގެ މަސައްކަތަަކީ

  2. ސަލީމާ

    އަންނި ގެ ޗަރުކޭސް