Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މައްސަލައަކީ މޯދީއަށް ދިން “ހުތުރު”ރައްދުތައް، އިންޑިއާ އައުޓްއެއް ނޫން: ރައީސް ޔާމީން

މައްސަލައަކީ މޯދީއަށް ދިން “ހުތުރު”ރައްދުތައް، އިންޑިއާ އައުޓްއެއް ނޫން: ރައީސް ޔާމީން

އިންޑިއާ އާއި ރާއްޖޭގެ ގުޅުން ގޯސްވެ، މިހާރު ގޮސްފައިވާ ހާލަތައް ކަންކަން ދިޔައީ އެމަނިކުފާނު ފެއްޓެވި އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ނޫން ކަމަށާއި މައްސަލައަކީ މި ސަރުކާރުގެ އެގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ދިން ”ހުތުރު” ރައްދުތައް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނޭޝަނަލް ފްރޮންޓްގެ ނަމުގައި ޔާމީން އިސްވެ ހުންނަވައި އުފައްދަން މަސައްކަތްކުރާ ޕާޓީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ސަރުކަަރަށް ބަލައިނުގަނެވުނު ކަމަކީ އިޖުތިމާއީ މިންގަނޑު ވެސް ފަހަނައަޅައިދާ މިންވަރަށް، ސަރުކާރުގެ މަސްއޫލު މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަރަށް ހުތުރު އަދި ދަށް ފެންވަރު ބަހުން އިންޑިއާގެ ބޮޑުވަޒީރަށް ރައްދުތަކެއް ދިނުން ކަމަށެވެ. “އަޅުގަނޑުމެން ވެސް ގަބޫލުނުކުރާ މިންވަރަށް އިނގޭތޯ، އިޖުތިމާއީ މިންގަނޑު ވެސް ފަހަނައަޅައިދާ މިންވަރަކަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މަގާމުތަކުގައި ތިއްބެވި ތިން ބޭފުޅަކު ވަރަށް ހުތުރު ބަހުން ދަށް ފެންވަރުގެ ރައްދުތަކެއް ދިން. އެއީ އިންޑިއާ ސަރުކާރަށް ބަލައިނުގަނެވުނު ކަމަކީ،" ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތް ހިންގުމަކީ މައްސަލައެއް ނޫން ކަމަށް އެ ގައުމުގެ ސަރުކާރުން ވެސް ޤަބޫލުކުރާނެ ކަމަށެވެ. “އެމީހުން ވެސް ގަބޫލު ކުރޭ، އެ މީހުުންގެ ރައްޔިތުން ވެސް ގަބޫލު ކުރޭ އިންޑިއާގެ މިލިޓަލީ މިތާގައި ތިބެގެން ނުވާނެކަން،" ޔާމީން ވިދާޅުވިއެވެ. މި ސަރުކާރުން ވެސް ވެރިކަމަށް އައީ އިންޑިއާ އައުޓްގެ ވާހަކަ ދައްކަމުންކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ވެރިކަމަށް އައުމަށް ފަހު ފެންނަނީ މުޅިން އެހެން މަންޒަރެއް ކަމަށެވެ. ސަރުކާރުގެ މިހާރުގެ ސްޓޭންޑަކީ، އިންޑިއާ ސިފައިން ޔުނިފޯމްގައި ނުތިބުމަށް ކަމަށާއި ނަމަވެސް ސިވިލިއަންގެ ގޮތުގައި ތިބެން އެންމެ ރަނގަޅު ކަމަށް ޔާމީން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް