Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މަޖިލިސް އިންތިހާބު: ކެންޑިޑޭޓުން ތަރުތީބުކޮށް ގުރުއަތު ނަގަން ފަށައިފި

މަޖިލިސް އިންތިހާބު: ކެންޑިޑޭޓުން ތަރުތީބުކޮށް ގުރުއަތު ނަގަން ފަށައިފި
އަންނަ މަހު ބާއްވަން ތާވަލްކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް, ގުރު ނަގަން މިއަދު ފަށައިފިއެވެ. ކެންޑިޑޭޓުންގެ މެދުގައި ގުރުއަތު ނަގަން ފަށާފައިވަނީ މިއަދު މެންދުރު ފަހު 02:30 ގައި ދަރުބާރުގޭގައެވެ. ނަން ތަރުތީބުކުރުމަށް ހާޒިރުވާން ޖެހޭ ގަޑިތައް އިލެކްޝަންސް ކޮމިޝަނުން ވަނީ ރޭ ގެޒެޓުކޮށްފައެވެ.

އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު ހަމަވިއިރު، 93 ދާއިރާއަށް 381 ކެންޑިޑޭޓުން ފޯމު ވަނީ ހުށަހަޅައިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ފޯމު ހުށަހެޅި ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަނުވާ މީހުންގެ ފޯމުތައް އީސީ އިން އަދި ބާތިލްކުރާނެ އެވެ. އެ މައުލޫމާތު އީމެއިލްގެ ޒަރީއާއިން އަންގާނެއެވެ.

މި އަހަރުގެ އިންތިހާބުގައި 284،337 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް