ދީން

ނަމާދުގެ ތެރޭގައި ކިނބިއްސެއް އެޅިއްޖެނަމަ الحمد لله ކިޔަން ޖެހޭނެތޯ؟

ދެން އެމްވީ ، ދެން އޮންލައިން

ސުވާލު: ނަމާދުގެ ތެރޭގައި ކިނބިއްސެއް އެޅިއްޖެނަމަ الحمد لله ކިޔަން ޖެހޭނެ ތޯ؟

Ads by Allied

ޖަވާބު: ނަމާދުގައި ހުރެ މީހަކު ކިނބިއްސެއް އަޅައިފިނަމަ އޭނާ الحمد لله ކިޔުން ޝަރުޢުވެގެންވެއެވެ. ނަމާދަށް ތިބި މީހުންނަށް އުނދަގޫވާ ގޮތަށް ކިޔައިގެން ނުވާނެއެވެ. ކިނބިހި އަޅާފައި އެވަގުތު الحمد لله ނުކީނަމަވެސް މައްސަލައެއް ނެތެވެ.

ޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

ނަމާދުގައިވިޔަސް ނަމާދުން ބޭރުގައިވިޔަސް، މީހަކު ކިނބިއްސެއް އަޅައިފިނަމަ الحمد لله ކިޔުމަކީ ވާޖިބެއް ނޫނެވެ. ނަމަވެސް އެއީ ކުރުން އެދެވިގެންވާ މުސްތަޙައްބު ކަމެކެވެ. އޭނާ الحمد لله ނުކީ ނަމަވެސް ފާފަވެރިއެއް ނުވާނެއެވެ.

ނަމާދުގައިވެސް ނަމާދުން ބޭރުގައިވެސް ކިނބިހި އެޅުމުން ﷲއަށް ޙަމްދު ކުރުމަށް ވަނީ އަންގަވާފައެވެ. އެއީ އޭނާ ނަމާދުގައި ހުރެ، އެހެންމީހުންނަށް އުނދަގޫނުވާނަމައެވެ. ނަމާދަށް ތިބި އެހެން މީހުންނަށް އުނދަގޫވާނަމަ ބާރަށް الحمد لله ކިޔުމުގެ ބަދަލުގައި ކިޔަންޖެހޭނީ ސިއްރުންނެވެ. އެއީ އޭނާ ބާރަށް ކިޔައިފިނަމަ އެހެން މީހުންނަށް އުނދަގޫ ވުމުގެ އިތުރުން، އެހެން މީހަކު ނަމާދަށް ހުރެ يرحمك الله ވެސް ކިޔާފާނެއެވެ. އެގޮތަށް ނަމާދަށް ހުރެ يرحمك الله ކިޔައިފިނަމަ އެމީހާގެ ނަމާދު ބާތިލްވާނެއެވެ. ” انتهى من “فتاوى نور على الدرب” (5 /313) .
والله أعلم

މަސްދަރު: ޝާފިޢު.އެމްވީ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!