ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި އާއިލާއެއް ހާލުގައި ޖެހިފައި، އާއިލާގެ އާދޭސް ސަރުކާރުން އަޑެއް ނޭހި
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ޢާއިލާއެއް ޙާލުގައި ޖެހި ، އެހީއަށް އެދުމުން ސަރުކާރުން އެ އާދޭސްތަކަށް ބީރު ކަންފަތެއް ދީފިއެވެ.
"ދެން"އާ ވާހަކަ ދައްކަމުން ކުޑަ ތިން ކުދިންނާއެކު ދިރިއުޅޭ ހަޒްރާ (އަސްލު ނަމެއް ނޫން) ބުނީ ، އަތްމަތި ދަތިވެ ހާލުގައި ޖެހެން މެދުވެރިވީ ކޮވިޑްގެ ސަބަބުން ފިރިމީހާ ކުރަމުން ދިޔަ މަސައްކަތް ހުއްޓުމުން ކަމަށެވެ. އަދި ލޮކްޑައުންގެ ސަބަބުން މާލެ އާދެވޭނެ ގޮތެއް ވެސް ނުވި ކަމަށާއި ސަރުކާރުން މީހުން ގެނައުމަށް ފްލައިޓްތައް ހަމަޖެއްސިއިރު ވެސް އެ ފްލައިޓްތަކުން ޖާގައެއް ލިބޭނެ ގޮތެއް ނުވި ކަމަށެވެ. އަދި ދިރިއުޅޭ ގައުމުގެ ލޮކްޑައުން ނިމުނުއިރު އޮތީ ފާއިތުވެދިޔަ މަސްތަކަށް ކުއްޔާއި އަސާސީ ބޭނުންތަކުގެ ބިލްތައް ނުދެއްކި ކަމަށެވެ. އެހެންކަމުން ގޭގެ ވެރިފަރާތުން ވެސް ގެއިން ނުކުންނަށް އަންގައިފި ކަމަށާއި އަދި ނުނިކުމެއްޖެނަމަ ފުލުހަށް ދާނެ ކަމަށް ވެސް އެފަރާތުން އަންގާފައިވާ ކަމަށް ހަޒްރާ ބުންޏެވެ.
ހަޒްރާ ބުނީ މިކަންކަމާ ގުޅިގެން އެމްބަސީއަށާއި ސަރުކާރުގެ އެކި އިދާރާތަކަށް އެހީއަށް އެދި ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެއްވެސް އިދާރާއަކުން އިޖާބައެއް ނުލިބުނު ކަމަށެވެ.
ކޮވިޑްގެ މިޙާލަތުން އަރައި ގަތުމަށް ރައްޔިތުންނަށް އެހީވުމަށް ދުނިޔޭގެ އެކި ގައުމުތަކުން ވަނީ ރާއްޖެއަށް ފައިސާގެ ބޮޑެތި އެހީތަކާއި ތަކެތީގެ އެހީތައް ވެސް ފޯރުކޮށްދީފައެވެ. ނަމަވެސް ރާއްޖެއާއި ބޭރު ގައުމުތަކުގައި ބިކަވެ ހާލުގައި ޖެހެމުންދާ ދިވެހީން ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރު ވަމުންނެވެ. ދައުލަތުގެ ހަރަދުގައި އެތައް ބައިވަރު ބިދޭންސީންނަށް ކާންދީ ނިދާނެ ތަން ދައްކާ އެނބުރި ގައުމަށް ފޮނުވައި ދިނުމުގެ އިންތިޒާމްތައް ދިވެހި ދައުލަތުން ކޮށްދިންކަން ފާހަގަ ކުރަމުން ހަޒްރާ ބުނީ އެފަދައިން ދިވެހިންނާމެދު ޢަމަލު ކުރާނެ ނަމަ ކިތަންމެހާ ވެސް ރަނގަޅު ކަމަށެވެ.
"މި ހާލުގައި ދަރީންނާއެކު ބިރުވެރިކަމުގައި މިއިނީ ، މާދަމާ ވެސް ނޭނގެ ފުލުހަށް ދާން ނުޖެހޭނެ ކަމެއް، ބޭރު ގައުމެއްގައި މަގުމަތިވުން ނޫން ގޮތެއް ނެތް ، ދެން ކިހިނެއް ދިވެއްސަކަށްވީތީ ފަޚުރުވެރި ވެވޭނީ" ހަޒްރާ ބުންޏެވެ.
އެހީގެ ގޮތުގައި ދިންހައި ފައިސާއެއް މުއްޖަހާފަ ސަރުކާރުގެ ވެރިން ކައިނަގަނީ. ރައްޔިތުން މަގުމަތިވެފަ. އަދުގެ ހާލަތު
ޢިބްރާހިމާ އިސްތިއުފާދީ
ތީ ވަރަށް އަޖައިބުކުރުވަނިވިފަދަ ވާހަކައެއް. ސަރުކާރުން ބުނަނީ ރާއްޖޭން ބޭރުގަ ޙާލުޖެހިފަ ތިބި ހުރިހާ ދިވެހީންނަށްވެސް އެހީވާ ވާހަކަ. ތި ޢާއިލާ އިސްތިސްނާވީ ކޮންސަބަބަކާ ހެދި ބާ؟ އަނެއްކާ ގުޅާފަ ހަޑިހުތުރުބަހުން ވާހަކަ ދެއްކީ ނޫންބާ؟ އަނެއްކާ ގުޅުނީ ރަނގަޅު ސަރުކާރަކަށްތޯ ރަނގަޅަށް ޗެކްކޮށްލަ ދެއްވާ. ކޮންމެވެސް ދުވަހަކުން އިންސާފު އަރާ ހަމަކުރާނެ. ކެތްކޮށްލައްވާ!!
ކޮންގައުމެއްކަން ބުނެދެވުނުނަމަދޯ
ހިޔާލީ ވާހަކަ އަކާ ބޮޑައް ވައްތަރީ. ކުޑަމިންނު ކޮން ޤައުމެއްގަ ކަންވެސް ނޭގުނު.
ކޮން ޤަވްމެއްގަ ހުރިކާކުކަން އެމީހެއްގެ ފުރިހަމަ މަޢްލޫމާތް ރަގަޅަޢް ވެރިފައިކޮށްފަ ޖެހިނަމަ ސަރުކާރުން އެހީނުވިޔަސް އެހީވާނެ ފަރުދުންލިބުނީސް
ރާއްޖޭން ބޭރުގަ ތިބޭ މީހުން އަބަދު ދައްކަނީ ރށއްޖެ ކަމުނުދާ ވާހަކަ. ރަނގަޅު އެއްކަމެއްވެސް ނެތް ވާހަކަ. ދެން ކީއްކުރަންނސަރުކާރުން އެހީވަނީ. ތިބެދާނެއްނު