Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ސީޕްލޭންގެ އެއާ އެމްބިއުލާންސްގައި ފުރަތަމަ ދަތުރުކޮށްފި

ސީޕްލޭންގެ އެއާ އެމްބިއުލާންސްގައި ފުރަތަމަ ދަތުރުކޮށްފި

ރާއްޖޭގައި މުޅިން އަލަށް ފަށާފައިވާ އެއާ އެމްބިއުލާންސުގެ ހިދުމަތުގެ ތެރެއިން ސީޕްލޭން އެއާ އެމްބިއުލާންސުގެ ފުރަތަމަ ދަތުރު މިއަދުކޮށްފިއެވެ.

ގައުމީ އެއާލައިން ހިންގާ މޯލްޑިވިއަނުން ބުނީ, ފުރަތަމަ ދަތުރުގައި ބަލި މީހަކު އުފުލާފައިވަނީ  ދ. ކުޑަހުވަދޫއިން މާލެއަށް ކަމަށެވެ.

ސީޕްލޭން އެއާ އެމްބިއުލާންސުގެ ހިދުމަތް ދެނީ ޑޭސް-6 ޓްވިން އޮޓާ މަރުކާގެ ބޯޓެއް އެއާ އެމްބިއުލާންސަށް ބަދަލުކޮށްގެންނެވެ. އެ ބޯޓު އަވަސް ފަރުވާ ދެވޭނެ ހުރިހާ ވަސީލަތަތްކެއް ހުންނާނެ އެވެ.

Advertisement
Ooredoo — Truecaller (box)

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއާ އެމްބިއުލާންސުގެ ހިދުމަތް ފެށީ މި މަހުގެ އެއްވަނަ ދުވަހުއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށީ ޑޭޝް-8 މަރުކާގެ މަތިންދާ ބޯޓެއް އެއާ އެމްބިއުލާންސަށް ބަދަލުކުރުމަށް ފަހުއެވެ. އެ ބޯޓުގައި އެއްފަހަރާ ދެ ބަލި މީހުން އުފުލޭއިރު އެއާ އެމްބިއުލާންސަށް ހާއްސަކޮށް 15 މުވައްޒަފުން ވަނީ ތަމްރީން ކޮށްފައިވެއެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން ހިމެނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް