Monday, 2 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އާންމުކޮށް ކުނި ޖަމާކުރާ 10 ސަރަހައްދެއް ސިޓީ ކައުންސިލުން ފާހަގަކޮށްފި

އާންމުކޮށް ކުނި ޖަމާކުރާ 10 ސަރަހައްދެއް ސިޓީ ކައުންސިލުން ފާހަގަކޮށްފި

މާލޭގައި އާއްމުކޮށް ކުނި ފުނި ޖަހައި ދިހަ މަގެއް މާލެ ސިޓީ ކައުންސިލުން ފާހަގަކޮށްފިއެވެ.

އެ ކައުންސިލުން ފާހަގަކޮށްފައިވާ ތަންތަނުގެ ތެރޭގައި، އަލަމާ ގޯޅި، ކެނެރީ ގޯޅި، ހަދީބީ މަގު، މާވެޔޮމަގު ފަހަތު ކަންމަތި އަދި އަދީބީ ގޯޅި ހިމެނެއެވެ.

މީގެ އިތުރުން، ކާސިންޖީ މަގުގެ ހެންވޭރު ސަހަރާ ކަންމަތި، ބަރުޖޯރާ ގޯޅި ކަންމަތި، މ. ޕިއްޒާ ބޯނާ ކަންމަތި، ދިލްބަހާރުމަގު ދަގަނޑު ކެނޑިގޭ ކަންމަތި އަދި ޖަމާލުއްދީން ސްކޫލް ކުރިމަތި ހަނި ގޯޅި ހިމެނެއެވެ.

Advertisement
Allied — Dhen Online (box)

މާލެ މަގުތަކުގައި ކުނި ބަހައްޓަމުންދާ ފަރާތްތައް މިހާރު ފާހަގަކުރެވެމުންދާތީ އެފަދަ ފަރާތްތައް ފާހަގަކުރެވޭނަމަ، އެ ފަރާތްތަކުގެ ފޮޓޯ ނުވަތަ ވިޑިއޯ 9341144 މި ނަންބަރަށް ވައިބަރ /ވަޓްސްއެޕް ނުވަތަ އެ <a href="https://complaints.malecity.gov.mv/en">ކައުންސިލްގެ ވެބްސައިޓް</a> މެދުވެރިކޮށް ފޮނުވައިދިނުމަށް އެ ކައުންސިލުން އެދިފައިވެއެވެ.

https://twitter.com/MaleCitymv/status/1771525766364246206

މާލޭގެ މަގުތައް ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނައިރު ރޭ ވަނީ 350 ކިލޯގެ 14 ޕިކަޕު, 1.5 ޓަނުގެ 7 ޕިކަޕު, 2 ޓަނުގެ 3 ޕިކަޕު, 3 ޓަނުގެ 3 ޕިކަޕުގެ ކުނި ނަގާފައެވެ.

ސިޓީ ކައުންސިލުން ވަނީ މަގުމައްޗަށް ކުނި ނޭޅުމަށާއި، ދިރިއުޅޭ ގެދޮރާއި ތިމާވެށި ސާފުކޮށް ބޭއްވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

އަދި އެއާއި ހިލާފަ އަމަލުކުރަމުންދާ ފަރާތްތަކާއިމެދު އަންނަނީ ފިޔަވަޅުވެސް އަޅަމުންނެވެ. އެގޮތުން، މަގުތަކަށް ކުނި އަޅާ މީހުން ދެނެގަނެ، ޖޫރިމަނާ ކުރަމުންދެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް