Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ގުރުއާނުގެ މައުލޫމާތު މުއްސަނދިކޮށްދޭން އައިޔޫއެމްގެ ބައްދަލުވުމެއް

ގުރުއާނުގެ މައުލޫމާތު މުއްސަނދިކޮށްދޭން އައިޔޫއެމްގެ ބައްދަލުވުމެއް
ގުރުއާނުގެ މައުލޫމާތު މުއްސަނދި ކޮށްދިނުމަށް އިސްލާމިކް ޔުނިވާސިޓީ މޯލްޑިވްސް (އައިޔޫއެމް)އިން އާންމުންނަށް ހުޅުވާލައިގެން ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

މި ބައްދަލުވުމަކީ ކުއްލިއްޔާ އޮފް ގުރުއާން އެންޑު ސުންނާއިން އިސްނަގައިގެން ކީރިތި ގުރުއާނާއި ބެހޭ މަރުކަޒާއި އައިޔޫއެމް ގުޅިގެން ކީރިތި ގުރުއާނަށް ދިވެހިން ހޭލުންތެރިކުރުވުމަށް " މަހްރަޖާނުލްގުރްއާނިލްކަރީމް" ނަމުގައި ބާއްވާ ބައްދަލުވުމެކެވެ.

މިބައްދަލުވުމުގައި ބޭރުގެ ގާރީންނާއި ދިވެހި ގާރީންވެސް ކިޔެވުން އަޑުއިވެގެންދާނެ އެެވެ. މި ބައްދަލުވުމުގައި ދީނީ އިލްމުވެރިޔާ އަލީ ޒާހިރު ގުރުއާން ތަފްސީރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު އެހެން ބައެއް އިލްމުވެރިންގެ ވާހަކަތައްވެސް ގެނެސްދޭނެ އެވެ.

މި ބައްދަލުވުނުން ބާއްވާނީ އަންގާރަ ދުވަހުގެރޭ 21:20 ން 22:30 އަށް އައިޔޫއެމްގަ އެވެ.

Advertisement
HDC — Sidebar (box)

އިސްލާމިކް ޔުނިވާސިޓީން މީގެ ކުރިން ވެސް މިފަދަ އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދިޔަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް