Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކޮވިޑު ލޯނު ނަގައިގެން އެރި އިންޓްރެސްޓް މާފުކުރަން ނިންމައިފި

ކޮވިޑު ލޯނު ނަގައިގެން އެރި އިންޓްރެސްޓް މާފުކުރަން ނިންމައިފި
ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވި ދަތިތަކަށް ހައްލު ހޯދައިދިނުމަށާއި ވިޔަފާރިތަކަށް ބޭނުންވާ ހިންގުމުގެ ހަރަދު ހަމަޖެއްސުމަށް އެސްއެމްއީ ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އަދި ހައުސިން ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ދޫކުރި ލޯނުގެ އިންޓްރެސްޓް މާފުކުރަން ސަރުކާރުން ނިންމައިފިއެވެ. އެކަން ހާމަކުރެއްވި ލ. ފޮނަދޫގައި ބޭއްވި ޖަލްސާގައި ރައީސް ޑރ މުހައްމަދު މުއިއްޒުއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ގިނަ ބަޔަކު އެސްޑީއެފްސީ މެދުވެރިކޮށް ލޯނު ނަގާފައިވާ ކަމަށެވެ. އެ ލޯނުގެ އިންޓްރެސްޓް އިތުރުވަމުން ގޮސް ނުތަކާ ހިސާބަށް ގޮސްފައިިވާ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ އިންޓްރެސްޓް މާފުކުރާނެ ކަމަށް މިދިޔަ ސަރުކާރުން ބުނި ނަމަވެސް ވެރިކަން ނިމިގެން ދިޔައިރުވެސް އެ އޮތީ މާފުނުކުރެވި ކަމަށެވެ. އެހެންވެ މި ސަރުކާރުން މިދިޔަ ހަތަރު މަސްތެރޭގައި މަސައްކަތްކުރީ އިންޓްރެސްޓް މާފުކުރުމުގެ މަސައްކަތްކަން ރައީސް މުއިއްޒު ހާމަކުރެއްވިއެވެ.
އެހެންވީމަ އިރާދަކުރެއްވިއްޔާ އީދު ބަންދަށް ފަހު ހުޅުވޭ ދުވަހުން ފެށިގެން އެޕްލައި ކުރުމުގެ ފުރުސަތު ދޭނަން، ކޮވިޑުގެ ލޯނު ނަގައިގެން އެރި އިންޓްރެސްޓް މާފުކުރަން މިހާރު ވަނީ ނިންމާފައި
ރައީސް ވިދާޅުވީ އިގްތިސާދު ރަނގަޅުކުރުމަށްޓަކައި ކުރި މަސައްކަތުން ސަރުކާރުން ރައްޔިތުންނަށް ދަރާފައި  ހުރި ފައިސާ އާއި ބޭރުގެ ގައުމުތަކަށް ދައްކަން ޖެހޭ ފައިސާ ދައްކަމުން ގެންދާ ކަމަށެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހުއްޓާލާފައިވާ މަޝްރޫއުތައްވެސް ކުރިއަށްގެންދާ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކުރީ ސަރުކާރުގެ ވެރިކަން ނިމުނުއިރު ރައްޔިތުންނަށް ޖަައްސާފައިވާ ހާލުގެ ސަބަބުން ދެވެން ހުރި ލުޔެއް ދެމުންދާ ކަމަށެވެ. ނިމިދިޔަ ރޯދަ މަހުވެސް އެކި ބިލުތަކުން ވެސް ރައްޔިތުންނަށް ލުއިތަކެއް ދީފައިވާއިކަން ފާހަގަކުރެއްވިއެވެ. ޔޫއެއީ އަށް ކުރެއްވި ދަތުރުފުޅުގައި އައިއެމްއެފްގެ މެނޭޖިން ޑިރެކްޓާ ކްރިސްޓަލީނާ ޖޯޖިއޭވާ ބައްދަލުވެވަޑައިގެންފައިވާ ކަމަށާއި، ރާއްޖެއިން އިގްތިސާދު ހަމަޔަކަށް އެޅުމަށްޓަކައި އެޅި ފިޔަވަޅުގެ ނަތިއްޖާ އަކަށްވާނީ އިގްތިސޯދު ކުރިއަރާ ދިޔުން ކަމަށް އައިއެމްއެފުން ބުނެފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް