ޚަބަރު

އުމުރު ދުވަހުގެ ހުކުމެއްގައި ހުރި މީހަކު ދޫކޮށްލުމާއެކު ރައީސްގެ ބަސް: އަދަބުދީގެން އެކަނި މަސްތުވާތަކެތީގެ މައްސަލަ ހައްލެއް ނުވާނެ

އާއިޝަތު އަލީނާ ، ދެން އޮންލައިން

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ މީހަކު ދޫކޮށްލާފައި ވަނިކޮށް ، އަދަބު ދީގެން އެކަނި  މަސްތުވާތަކެތީގެ މައްސަލަ ހައްލު ނުވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

Ads by STELCO

"މިހާރު"ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ދޫކޮށްލާފައިވަނީ މަގުމަތީ އަގު 100 މިލިއަން ރުފިޔާއަށް އަރާ ، 24 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ކުށް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ ގައިދީއެކެވެ. އޭނާ ދޫކޮށްލުމާ ގުޅިގެން ސުވާލު ކުރުމުން ކަރެކްޝަނަލް ސަރވިސްއާ ސުވާލު ކުރުމުން އެއްވެސް މައުލޫމާތެއް ދީފައި ނުވާކަމަށް ވެސް "މިހާރު"ން ބުނެފައި ވެއެވެ.

މިކަން ހިނގާފައި ވަނިކޮށް ރައީސް ސޯލިޙް ހައްދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި އިއްޔެ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ އެތައް އަހަރެއްވީއިރު ވެސް ހައްލު ނުވެ އޮތް މައްސަލައެއް ކަމަށާއި ހަމަައެކަނި އަދަބުދީގެން އެކަން ހައްލު ނުވާނެ ކަމަށެވެ. އަދި ސަރުކާރުން ދަނީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ޒުވާނުން އަނބުރާ މުޖުތަމަޢުއަށް ގެނައުމަށް މަސައްކަތް ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ މިވާހަކަފުޅާއެކު ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި އެމަނިކުފާނަށް ފާޑު ވިދާޅުވަމުންނެވެ. އަދި އަނބުރާ މުޖުތަމައަށް ގެންނަ ގޮތަކީ މިއީތޯ ބައެއް މީހުން ވަނީ ސުވާލު ކޮށްފައެވެ.

Ads by Allied Insurance
  1. ެައައްޑޫ ކުއްޖާ

    މީގެ ކުރީން އަޅުގަނޑު ވަރަށް ތާއީދު ކުރިން ރައިސް އަށް. އެކަމު މިހާރު ތިބަސްމަގު އަދި ތި ވިސްނުން ވަރަށް ގޯސް.

  2. އަލީ

    އަދިކިރިޔާ ހިކްމަތްތެރި އޯގާތެރި ރައީސް އެ މިލިބުނީ