ޚަބަރު

އެމްޕީއެލް ސަރަޙައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ކޮންޓެއިނަރުތައް ބަހައްޓާފައި ހުންނަ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

Ads by Hajj Corporation

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލިފާން ރޯވީ އެމްޕީއެލް ސަރަޙައްދުގައި ހުރި ޓަޔަރު ތަކެއްގައި ކަމަށާއި އެމްއެންޑީއެފް ގެ ފަޔަރ ޓީމު އެސަރަޙައްދަށް ދިޔައިރު އަލިފާންގަނޑު ވަނީ ނިއްވާލާފައި ކަމަށެވެ.

ނަމަވެސް އަދިވެސް އެތަނުގައި ދުމުގެ އަސަރު ހުރި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.

އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް އަށް ރިޕޯޓު ކޮށްފައިވަނީ މިއަދު 14:32 ގައެވެ. އިތުރު މައުލޫމާތެއް އެމްއެންޑީއެފް އިން ހިއްސާ ކޮށްފައެއް ނުވެއެވެ.

ރޯވި އަލިފާންގަނޑު ވަރަށް އަވަހަށް ނިއްވާލި ކަމަށާއި، މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް މައުލޫމާތު ލިިބިފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!