މާލޭގެ މަގަކަށް ފަލަސްތީނާ ގުޅުވައި ނަމެއް ދޭން ފާސްކޮށްފި

ވެރިރަށް މާލޭގެ މަގަކަށް ފަލަސްތީނާ ގުޅުވައި ނަމެއް ދޭން މާލެ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.
ކައުންސިލުން އެ ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލޭގައި ނަން ނުދީ އޮތް ދެ މަގެއް އެބައޮތް ކަމަށެވެ. އެހެންވެ އެ ދެ މަގުން ކުރެ އެއް މަގަށް ނުވަތަ އެހެން މަގަކަށް ނަމަވެސް ފަލަސްތީނުގެ ނަމާ ގުޅުވައި ނަމެއް ދިނުމާމެދު މޭޔަރުގެ ހިޔާލު ހުށަހެޅި އެވެ. "ފަލަސްތީނަކީ އަޅުގަނޑުމެންގެ ހިތާއި ވަރަށް ގުޅިފައި ހުރި ތަނެއް'' އެކަން ހުށަހަޅަމުން އާޒިމް ވިދާޅުވި އެވެ. ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެއް މެމްބަރަކު ފިޔަވާ ހުރިހާ މެމްބަރުން ވަނީ މާލޭ މަގަކަށް ފަލަސްތީނުގެ ނަމުން ނަން ދޭން ތާއީދުކޮށްފަ އެވެ. އެކަމަކަށް ތާއިދު ނުކުރީ މައްޗަންގޮޅި އުތުރުގެ ޕީއެންސީގެ ކައުންސިލަރު ސައީދާ ރަޝާދު އެވެ.


.jpeg?prefix=media)

ކޮމެންޓް