ޖަޒީރާ ޓެލެގްރާމް ހިންގި މީހުން ހޯދި 9 މިލިޔަން ރުފިޔާ ދައުލަތަށް، 3 މީހަކަށް ދައުވާ

ޓެލަގްރާމް މެދުވެރިކޮށް ތަފާތު އެކި ކުށްތައް ކުރަމުން ދަނިކޮށް ފުލުހުން ހައްޔަރުކުރި ތިން މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
މަސްތުވާތަކެތި އިސްތިހާރުކޮށް އެކިބާވަތްތައް ވިޔަފާރިގެ އުސޫލުން ވިއްކުމާއި ހަށިވިއްކުމަށް ހިތްވަރުދޭ ގޮތަށް އިސްތިހާރުކުރަމުން ދަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ "ޖަޒީރާ އެޑްމިން"، "ޖަޒީރާ"، "ޖަޒީރާ ގާލްސް" ގެ އިތުރުން "ޖަޒީރާ އެސްކޯޓްސް ގެލެރީ" ނަމުގައި ހިންގަމުން އައި ޗެނަލްތަކެވެ.
އެ މައްސަލާގައި ދައުވާކުރީ ދަފްތަރު ނަންބަރު ރސ 12966، އިބްރާހީމް ރަޝީދު، ތ. ވޭމަންޑޫ، ރެދިންގެ، ނިޝާނީ އަލީއާއި، ގދ. ރަތަފަންދޫ، ވެލީގެ، އައިސަރު ނަސީމްގެ މައްޗަށެވެ.
އުފުލާފައިވާ ދައުވާތައް:
- ހަޑި ހުތުރު އެއްޗެއް ރައްދުކުރުން
- މަނީ ލޯންޑްރިން
- މީހަކު ލައްވާ ހަށިވިއްކުވުމުގައި އެހީތެރިވެދިނުން
- އެހެން މީހަކު ހަށިވިއްކައިގެން ލިބޭ އާމްދަނީކަން އެނގިހުރެ، އެ އާމްދަނީގެ ބޭނުންކުރުން






ކޮމެންޓް