ކޮވިޑް-19 ވެކްސިން އާ ގުޅޭ ހާއްސަ ޕްރެސް ކޮންފަރެންސް ލަސްކޮށްފި

ކޮވިޑް-19 ވެކްސިންއާ ގުޅޭ ގޮތުން ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބާއްވަން ހަމަޖެއްސި ހާއްސަ ނޫސްވެރިންގެ ބައްދަލުވުން ލަސްކޮށްފިއެވެ.
މިއަދު މެންދުރު މެންދުރު ފަހު 1:00 ގައި ބޭއްްވުމަށް ނިންމާފައި އޮތް ޕްރެސް ކޮންފަރެންސް ލަސްކުރީ ކޮން ސަބަބަކާ ގުޅިގެން ކަމެއް އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ.
އެޗްޕީއޭއިން މީގެ އިރުކޮޅެއް ކުރިން ކުރި ޓްވީޓެއްގައި ވިދާޅުވީ އެޗްއީއޯސީން މިއަދު 01:00 ގައި ބާއްވަން ހަމަޖެއްސި ޕްރެސް ލަސްކޮށްފައިވާ ކަމަށާއި މި ޕްރެސް ކޮންފަރެންސް ބާއްވާނެ ގަޑިއެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނީ އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގާއި ކޮވިޑް-19 ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ އާއި ޑރ. އަހުމަދު ފައިސަލް ކަމަށް މީގެކުރިން އެޗްޕީއޭއިން ކުރި ޓުވީޓުގައިވެއެވެ.