ބޮލީވުޑް މުނިފޫހިފިލުވުން

އަންނަ އަހަރު އަހަރެން އުޅޭނީ ނޭވާނުލާ މަސައްކަތުގައި: ދީޕިކާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ ތަރިންނަށް ބަލާއިރު ދީޕިކާ ޕަދުކޯން އަބަދުވެސް ފާހަގަ ވެފައިވަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ތަރިއެއްގެ ގޮތުގައެވެ.

Ads by MWSC

އޭނާ މަސައްކަތް ކުރާ ކޮންމެ ވެސް ފިލްމެއް އަބަދު ވެސް އޮވެއެވެ. އަދި ބައެއް ފަހަރު އެއް ފަހަރާ ދެ ފިލްމުގެ މަސައްކަތް ވެސް އޭނާ ކުރެއެވެ. ބޮލީވުޑްގެ އެންމެ އަގުބޮޑު ތަރިއަށް އޭނާ ވެފައި ވަނީ މިހެންވެއެވެ. އޭނާ އަކީ ނުހަނު ބުރަކޮށް މަސައްކަތް ކުރާ ތަރިއެއްކަން އެކުގައި މަސައްކަތް ކުރާ ހުރިހާ ޕްރޮޑިއުސަރުންނެއް ވެސް ފާހަގަ ކުރެއެވެ.

ނަމަވެސް ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ދީޕިކާ ވެސް ވަނީ މަސައްކަތް ކުރުން މަޑު ޖައްސާލާފައެވެ. އެގޮތުން މިދިޔަ ނޮވެމްބަރާ ހަމައަށް އެއްވެސް ފިލްމެއްގެ މަސައްކަތެއް ނުކޮށް ހަ މަސް ދުވަސް ހޭދަ ކުރި ކަމަށް އޭނާ "ހިންދުސްތާން ޓައިމްސް" އަށް ދިން އިންޓަވިއު އެއްގައި ބުންޏެވެ. އަދި އެދުވަސްތައް ވެގެން ދިޔައީ އޭނާއަށް ވަރަށް އުނދަގޫ ދުވަސްތަކެއް ކަމަށާއި ފިލްމު ޝޫޓިންގެ މަސައްކަތްތައް ވަރަށް "މިސްވި" ކަމަށް ވެސް ދީޕިކާ ބުންޏެވެ.

"އަންނަ 2021 ވަނަ އަހަރު ، އެހެންވެ އަހަރެން އުޅޭނީ ނޭވާނުލާ ވަރަށް ބުރަކޮށް ހަމަ މަސައްކަތުގައި"ދީޕިކާ ބުންޏެވެ.

ދީޕިކާ ބުނި ގޮތުގައި އޭނާއަށް މިހާރު ވެސް ބައިވަރު ފިލްމުތަކުގެ މަސައްކަތް ލިބިފައިވެއެވެ. އެގޮތުން ޝާހްރުކް ޚާން އާއެކު ކުޅޭ "ޕަތަން" ގެ ޝޫޓިންގ މިހާރު ނިމިފައިވާ ކަމަށާއި، އަންނަ އަހަރުގެ ކުރީ ކޮޅު ނަގް އަޝްވިންގެ ފިލްމެއްގެ މަސައްކަތް ފަށާއިރު، މިވަގުތު ދީޕިކާ ކުޅެނީ ޝަކުންގެ ފިލްމެއް ކަމަށް ވެސް ބުންޏެވެ. އަދި އަންނަ އަހަރަށް މިނޫން ވެސް އެތައް ޕްރޮޖެކްޓެއް ލިބިފައިވާ ކަމަށާއި ނަމަވެސް އެފިލްމުތަކުގެ ވާހަކަ މިވަގުތު ބުނެވެން ނެތް ކަމަށް ދީޕިކާ ބުންޏެވެ.

Ads by Ooredoo
  1. ތުނިޔަ

    ދުރާލައި ސަންދޯކެއްޖަހާ

  2. ނުބުނެ އަލެހުރެބަލަ ވާގިތެއް ބަލަން…