Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ދިވެހިންނަށް އަޒުހަރުން ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފި

ދިވެހިންނަށް އަޒުހަރުން ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފި
މިސްރުގެ އަލް-އަޒްހަރު ޔުނިވާސިޓީން ދިވެހިންނަށް އަންޑަގްރެޖުއޭޓް ލެވެލް އަށް ކިޔެވުމަށް ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ސަރުކާރުގެ 'ގެޒެޓުގައި' ކުރި އިއުލާނެއްގައި ބުނީ، އެ ފުރުސަތު ރާއްޖޭގެ ދަރިވަރުންނަށް ހުޅުވާލާފައިވާކަން، ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ މިސްރު އެމްބަސީން އަންގާފައިވާ ކަމަށެވެ. އެކަމަކު ހުޅުވާލާފައިވަނީ ކިތައް ފުރުސަތުކަމެއް އިއުލާނުން އެނގޭކަށް ނެތެވެ.

ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި އަހަރުގެ އޮގަސްޓު އެކެއްގެ ނިޔަލަށެވެ.

ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ގަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރަން އެދެ އެވެ.

މިނިސްޓްރީން އެދެނީ ޕްރޮފެޝަނަލް ނުވަތަ ލައިސެންސިން ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން ގަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ގަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް