Monday, 2 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކުރީގެ ވެރިންގެ ފަރާތުން ފެނުނީ އަނިޔާވެރިކަން، އެ ކަން ބަދަލުކުރާނީ މި ރައީސް: ނައިބު ރައީސް

ކުރީގެ ވެރިންގެ ފަރާތުން ފެނުނީ އަނިޔާވެރިކަން، އެ ކަން ބަދަލުކުރާނީ މި ރައީސް: ނައިބު ރައީސް
ކުރީގެ ވެރިންގެ ފަރާތުން ފެނުނީ އަނިޔާވެރިކަން ކަމަށާއި އެ ކަން ބަދަލުކުރާނެ ރައީސަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ރައްޔިތުން އިތުބާރު ކުރާ ކަމަށް އެމަނިކުފާނުގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް (ސެންބެ) މިރޭ ވިދާޅުވެއްޖެ އެވެ. ވެރިކަންކުރާ ޕީއެންސީން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، އެ ޕާޓީގެ ވެސް ނައިބު ރައީސް ކަން ކުރައްވާ ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ މާޒީގައި ސިޔާސީ ލީޑަރުންގެ ފަރާތުން ފެނުނީ ޒާތީ މަސްލަަހަތުގައި ސިޔާސީ މަސައްކަތް ކުރެއްވި މަންޒަރު ކަމަށެވެ. ބެލެވޭ ގޮތުގައި ނައިބު ރައީސް އިޝާރާތް ކުރެއްވީ، ކުރީގެ ކޮންމެ ސަރުކާރެއްގައި ޝަރުއީ ނިޒާމުގެ ތެރެއިން ވާދަވެރި ސިޔާސީ ލީޑަރަށް އަދަބެއް ލިބިފައިވާ ކަމެވެ. އޭގެ ތެރޭގައި ޕީއެންސީ/ޕީޕީއެމް ކޯލިޝަން ކުރިން ލީޑުކުރެއްވި، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ހިމެނެ އެވެ. ނައިބު ރައީސް ވިދާޅުވީ ޒާތީ މަސްލަހަތު އިސްކޮށް، ސިޔާސީ ޖަގަހަތަކުގައި ތަގުރީރު ވެސް ދެއްވާފައި ވަނީ ނަފުރަތާއި ރުޅިވެރިކަން ފެތުރުމުގެ އިތުރަށް ޒާތީ ގޮތުން ވަކި ބަޔަކާ ޖައްސައިލުމުގެ ބޭނުމުގައި އެކަނި ކަމަށެވެ. ވޭތުވެދިޔަ އިންތިހާބުތަކުން ފެނިގެން ދިޔައީ މާޒީގައި ވެރިކަންކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ލީޑަރުންނަށް އޮތް ތާއީދު ގެއްލިފައިވާ ކަމެވެ. އަދި ރައީސް މުއިއްޒުގެ ފަރާތުން ފެނުނު ސިޔާސީ އަހުލާގު ދިވެހިން ބަލައިގަތް ކަން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. "އެ ސިޔާސީ ލީޑަރުން އަޅުގަނޑުމެން ގެންގުޅުނު ފިކުރުތަކުން ފެނުނީ ނަފުރަތާއި ރުޅިވެރިކަމާއި އަދާވާތްތެރިވުމާއި ސިޔާސީ ގޮތުން ޒާތީކޮށް ބޭނުންވާ އެއްޗެއް ބުނަމުން ދިޔުން، އެއީ ރައްޔިތުން ބޭނުންވާ ގޮތް ނޫން ކަން ރައްޔިތުންގެ ވޯޓުން ރައީސް މުއިއްޒަށް ދިން ތާއީދުން ދައްކައިދިނީ،" އޭނާ ވިދާޅުވި އެވެ. ނައިބު ރައީސް ވިދާޅުވީ ވޭތުވެދިޔަ ވެރިކަންތަކުގެ އިތުރުން ވާދަވެރި ޕާޓީގެ ސިޔާސީ ވެރިންގެ ފަރާތުން ދެއްކި ސިޔާސީ މަސައްކަތުގެ ސަބަބުން މުޅި ގައުމުގައި އޮތީ އަނިޔާވެރިކަމާއި ޒާތީވުމުގެ ސަގާފަތެއް ކަމަށެވެ.

"ޕާޓީ ނިޒާމުގެ ތެރޭގައި ވެސް ތަޅާފޮޅުން ހިންގުން، އަޅުގަނޑުމެންގެ ގާނޫނީ މުއައްސަސާތައް ނެރެގެން ވިޔަސް އަޅުގަނޑުމެން އަނިޔާކުރުން، މިހެން ގޮސް އަނިޔާވެރިކަން އޮތީ މުޅި ރާއްޖޭގައި މޫލާފައި،" ނައިބު ރައީސް ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް