Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ދުނިޔެ

ﷲ އަށް ޙަމްދު ހުރި، 2 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސް އިން ޝިފާ ލިބިއްޖެ

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ޖެހުނު 2 ލައްކައަށް ވުރެ ގިނަ މީހުން އެ ބަލިން މުޅިން ރަނގަޅުވެއްޖެއެވެ. މިހާތަނަށް މުޅި ދުނިޔެއިން ޖުމްލަ 2,033,488 މީހަކަށް ވަނީ ބަލިން ޝިފާ ލިބިފައެވެ.

ގިނަ ބަޔަކަށް ބަލިން ޝިފާ ލިބުނު ކަމުގައި ވިޔަސް ބަލި ޖެހޭ މީހުންގެ މިންވަރު އަންނަނީ އިތުރުވަމުންނެވެ. މިހާތަނަށް ޖުމްލަ 5,100,912 މީހުނަށް ބަލި ޖެހިފައިވާއިރު އިއްޔެ އެކަނި ވެސް އެކަނިވެސް 106000 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ.

މިއީ މިހާތަނަށް އެއް ދުވަސް ތެރޭގައި އެންމެ ގިނަ މީހުން ފައްސިވި ދުވަސް ކަން ފާހަގަކޮށްލަންޖެހެއެވެ.

Advertisement
Ooredoo — Square (box)

މާހިރުން ބުނާ ގޮތުގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވަނީ ފުރަބަންދު (ލޮކްޑައުން) އުވާލާ، ނިއު ނޯމަލް އަކަށް ގޮސް ގައުމުތައް ހުޅުވާލުމުންނެވެ.

މުޅި ދުނިޔެއަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައިވަނީ، އެމެރިކާއިންނެވެ. މިގޮތުން އެމެރިކާއިން އެކަނި 1.5 ލައްކަ މީހުންނަށްވުރެ ގިނަ މީހުންނަށް މިބަލި ޖެހިފައިވެއެވެ.

ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް ދުނިޔެއިން 329,896 މީހުން ވަނީ މަރުވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް