ހުޅުމާލެ ފެރީޓާމިނަލް ކައިރީގައި މަސްތުގެ ހާލަތުގައި ތިބި 4 މީހުން ހައްޔަރު ކޮށްފި

ހުޅުމާލެ ފެރީ ޓާމިނަލް ކައިރީގައި ހުންނަ ޕާކިން ޒޯނުގައި، މަސްތުގެ ހާލަތުގައި ތިބި 4 މީހަކު ހަމަނުޖެހުން ހިންގިކަމަށް ތުހުމަތުކޮށް ހައްޔަރު ކޮށްފިއެވެ. މިރޭގެ ގާތްގަނޑަކަށް 19:24 ހާއިރު ހުޅުމާލެ ފެރީޓާމިނަލް ކައިރިން ހައްޔަރު ކޮށްފައި ވަނީ 4 ފިރިހެނުން ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 34 އަހަރުގެ ފިރިހެނަކާއި، 22 އަހަރުގެ ފިރިހެނަކާއި، 38 އަހަރުގެ ފިރިހެނެއްގެ އިތުރުން 30 އަހަރުގެ ފިރިހެނެކެވެ. ހައްޔަރު ކުރެވުނު އެންމެންނަކީ ވެސް ދިވެހިން ކަމަށާއި، މި އެންމެން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ވަނީ މަސްތުގެ ހާލަތުގައި ތިބެ ހަމަނުޖެހުން ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ފުލުހުން އަންނަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.