ބޮލީވުޑް ދުނިޔެ

ސަނީ ލިއޯނީ އާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރެވޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދަނީ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ބޮލީވުޑުގެ މަޝްހޫރު ތަރި ކަމުގައިވާ ސަނީ ލިއޯނީއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާ ޕެކޭޖެއް ލިބިގެންދާނެ ވާހަކަ ސަނީ ލިއޯނީ ދޮގު ކޮށްފިއެވެ.

Ads by WAMCO
Ads by Hajj Corporation

ސަނީ ލިއޯނީއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބުނާ ޕެކޭޖު އިންޑިއާގައި ވިއްކަމުން ދަނީ އިންޑިއާ ރުޕީސްގެ 95،000 ރުޕީސްއަށެވެ. "އޭސް ޔޫ ޕްލޭން" ނަމަކަށް ކިޔާ އިންސްޓަގުރާމު ޕޭޖަކުން ހިންގަމުންދާ މިޕެކޭޖު އިސްތިހާރު ކުރަމުން އަންނަނީ އެ އެކައުންޓާ ގުޅިފައިވާ ވެބްސައިޓެއް ވެސް ލިންކް ކޮށްގެންނެވެ.

އެނަމުގައި ޓުވިޓާ އެކައުންޓުތަކާއި، ފޭސްބުކު ޕޭޖުގެ އިތުރުން އިންސްޓަގުރާމު ޕޭޖެއް ވެސް ވަނީ ތައްޔާރު ކޮށްފައެވެ. އަދި އެ ހުރިހާ ޕޭޖުތައް ވެސް ފަރުމާ ކޮށްފައިވާލެއް ފުރިހަމަ ވުމުގެ ސަބަބުން އެއީ ފޭކު އެކައުންޓުތަކެއްކަން ދެނެގަންނަން ވެސް ގިނަ ބަޔަކަށް ވަނީ ދަތިވެފައެވެ.

ސަނީ ލިއޯނީއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރެވޭނެ ކަމަށް ބުނެ އިސްތިހާރު ކުރެވެމުންދާ އެ ޕެކޭޖުގައި ބުނެފައިވަނީ، ސަނީ ލިއޯނީއާއެކު ޑީޖޭ ޝޯވ އަކާއި ކޮމެޑީ ޝޯވއެއްގައި ބައިވެރިވެވޭނެ ކަމަށާއި، އެ ދަތުރުގައި ސަނީ ލިއޯނީ އާއެކު އިތުރު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އެހެންނަމަވެސް މި މައުލޫމާތުތައް ދޮގުކޮށް ސަނީ ލިއޯނީ ވަނީ ޓުވީޓެއް ކޮށްފައެވެ. ޓުވީޓުގައި ބުނެފައި ވަނީ، "އޭޒް ޔޫ ޕްލޭން" ގެ ނަމުގައި ހިންގަމުން އެދަނީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރެވޭ މަސައްކަތެއް ކަމަށާއި، އެކަމުގައި އޭނަގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.

Ads by Ooredoo
  1. ދަލޭކާ ދިޔެ

    މިގައުމުވެސް މިހާރު ހިންގަނީ ތހިހެން …