Sunday, 1 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޑްރަގާ އެކު ހައްޔަރުކުރި މުދިމުގެ ވަނަވަރު އާންމުކޮށްފި

ޑްރަގާ އެކު ހައްޔަރުކުރި މުދިމުގެ ވަނަވަރު އާންމުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ކ. ކާށިދޫން ހައްޔަރުކުރި މުދިމުގެ ވަނަވަރު އާންމުކޮށްފި އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ މަސްތުވާތަކެތީގެ ތުހުމަތުގައި އެ މުދިމް މީހާ މީގެ ކުރިން ސަސްޕެންޑް ވެސް ކުރި ކަމަށެވެ. އޭނާ އާ ގުޅޭ އިތުރު މައުލޫމާތު ލިބޭގޮތް ވަނީ ނުވެފަ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ކާށިދޫ މިސްކިތު އިމާމް ހައްޔަރުކޮށްފައި ވަނީ އިއްޔެ ކަމަށެވެ. އޭނާ ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅުނު މައްސަލާގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.

Advertisement
Allied Insurance — Square (box)

އެ މައްސަލާގައި ހައްޔަރުކުރީ: ކ. ކާށިދޫ، ޝަބްނަމްގެ - ޣާނިމް ސަލީމް (37އ)

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް