ދުނިޔެ

މި ކިނބުލުގެ ކަރުގައި އެޅިފައި އޮތް ޓަޔަރު ނައްޓައިދޭ މީހަކަށް ބޮޑު އިނާމެއް ދެނީ!

އާއިޝަތު އަލީނާ ، ދެން އޮންލައިން

ކިނބުލެއް ސަލާމަތް ކުރުމަށްޓަކައި އޭގެ ކަރުގައި އެޅިފައިވާ ޓަޔަރެއް ނައްޓައިދޭ މީހަކަށް އަގުބޮޑު އިނާމެއް ދޭން އިންޑޮނޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ނިންމައިފިއެވެ.

Ads by Sosun Fihaara

މިކަމަކީ ހަމައެކަނި މިހާރު ދުނިޔެ ދޫކޮށް ގޮސްފައިވާ "ކްރޮކޮޑައިލް އެކްސްޕާރޓް" ސްޓީވް އިރްވީން އަށް ކުރެވިދާނެ ކަމެއް ކަމަށް ވެއެވެ. އިންޑޮނޭޝިއާގެ އިދާރާތަކުން މި މަސައްކަތް ކުރަމުން އަންނަތާ މިހާރު އަހަރުތަކެއް ވަނީ ވެފައެވެ. ނަމަވެސް އަދިވެސް މި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވެއެވެ.

މި ކިނބުލުގެ ދިގުމިނުގައި 13 ފޫޓު ހުންނަ ކަމަށާއި އެ ކިނބޫ އޮތީ އިންޑޮނޭޝިއާގެ ސެންޓަރަލް ސުލެވެސީގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި މަސައްކަތް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ކުރަމުން ގެންދާތާ އެތައް އަހަރެެއްވެފައި ވާއިރުގައި ވެސް މި މަަސައްކަތް މިހާތަނަށް ވެސް ކާމިޔާބު ވެފައި ނުވާތީ އެ އަވަށުގެ ގަވަރުނަރު ވަނީ މިކަން ކުރުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އެގޮތުން އެކަން ކާމިޔާބުކަމާއެކު ކުރާ މީހަކަށް ވަރަށް އަގުބޮޑު އިނާމެއް ދޭނެ ކަމަށް ވަނީ އިއުލާން ކޮށްފައެވެ.

އެ ކިނބުލާ ގާތްވެ އެއަށް އުނދަގޫ ނުކުރުމަށް ވެސް އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ވަނީ އިލްތިމާސް ކޮށްފައެވެ.

Ads by HDC
  1. ކަފަކުޑަސޮރު

    ކިހާވަރެއްބާ މިދެނީ