ފުލުހެއް ގައިގައި ޖަހައި މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

ޑިއުޓީ ގައި ހުރި ފުލުސް އޮފިސަރެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގިކަމުގެ ތުހުމަތަަށް މީހަކު ހައްޔަރުކޮށްފި އެވެ.
އެކަމެއް އިއްޔެ ހިނގިއިރު އެ މައްސަލާގައި ހައްޔަރުކުރީ މާލެއަށް ނިސްބަތްވާ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކްރިމިނަލް ކޯޓުން އިިއްޔެ އާއްމުކޮށްފައިވާ ކޯޓު އަމުރުގައިވާ ގޮތުން އެ މީހާ އަށް ތުހުމަތު ކުރެވެނީ އައިޖީއެމް ހޮސްޕިޓަލުގައި ޑިއުޓީގައި ހުރި ފުލުހަކާއި މާރާމާރީ ހިންގިކަމުގެ ތުހުމަތެވެ. އެ މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް އެނގިފައެއް ނުވެ އެވެ.
ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 7 ދުވަސް ޖަހާފަ އެވެ.




.jpeg?prefix=media)


ކޮމެންޓް