Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ތިން އަހަރު ތެރޭ ހުރިހާ ރަށެއްގައި ޑިޖިޓަލް ސްމާޓް މީޓަރު ހަރުކުރަނީ

ތިން އަހަރު ތެރޭ ހުރިހާ ރަށެއްގައި ޑިޖިޓަލް ސްމާޓް މީޓަރު ހަރުކުރަނީ

ކުރިއަށް އޮތް 3 އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ޑިޖިޓަލް ސްމާޓް މީޓާ ބޭނުންކޮށްގެން ކަރަންޓު ބޭނުންކުރެވޭ މިންވަރު ބެލޭނެ ނިޒާމެއް ގާއިމުކުރާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތާރިގު އިބްރާހީމް އިއްޔެ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެހެން ވިދާޅުވީ ދ. ކުޑަހުވަދޫގެ ހުރިހައި ގޭބީސީއެއްގައި ސްމާޓް މީޓަރު ހަރުކޮށް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ. އެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ފެނަކަ ސްމާޓް މީޓަރު ޕްރޮޖެކްޓްގެ ދަށުންނެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ފެނަކައިން ވަނީ، ސްމާޓް މީޓާ އެޕްލިކޭޝަންވެސް އިފްތިތާހްކޮށްފަ އެވެ. އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވާ މިނިސްޓަރު ތާރިގު ވިދާޅުވީ ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޑިޖިޓަލް ސްމާޓް މީޓަރު ހަރުކޮށް ނިމި ބޭނުންކުރަން ފެށުމުން ކަރަންޓު އެންމެ ގިނައިން ބޭނުންކުރެވޭ ގަޑިތައް އެނގޭނެ ކަމަށެވެ.

Advertisement
Ooredoo — Square (box)

އަދި ގޭބިސީތަކުގައާއި ރަށުގެ ކޮންމެ ސަރަހައްދެއްގައި ކަރަންޓުގެ މައްސަލައެއް ދިމާވިނަމަވެސް އެނގޭނެކަމަށް ވިދާޅުވި އެވެ. ސްމާޓް މީޓަރު ހަރުކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ މަޝްރޫއެއް ކަމަށް ތާރިގު ވިދާޅުވި އެވެ.

އެގޮތުން ފެނަކައާއި ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ދެމުންދާ ރަށްރަށުގައި އެ މަޝްރޫއު ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ނިންމުމަކީ އަމާޒެއްކަމަށްވެސް ތާރިގު ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް