Monday, 2 November 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

ރާއްޖެއަކީ އިންވެސްޓްކުރަން ފަސޭހަ ގައުމަކަށް ހަދާނަން: ސައީދު

ރާއްޖެއަކީ އިންވެސްޓްކުރަން ފަސޭހަ ގައުމަކަށް ހަދާނަން: ސައީދު
ރާއްޖެއަކީ ވިޔަފާރިކުރަން ފަސޭހަ، ވިޔަފާރި ފުޅާކުރެވޭނެ ގޮތްތައް އިންވެސްޓަރުންނަށް ފަސޭހަ ގައުމަކަށް ހެދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު، ވައުދުފުޅުތަކުގައި ހުރީ ބޮޑެތި ސްޓަރަކްޗަރަލް ރިފޯމްތައް ހުރީ އިގުތިސޯދީ ދާއިރާތަކަށް ކަމަށެވެ. އެއްވެސް ސަރުކާރަކުން އާމްދަނީ ސިންދަފާތު ކުރުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. ހުރީ ހަމައެކަނި ވާހަކަތަކެއް ދައްކާފައިކަން ފާހަގަކުރި އެވެ. ވިދާޅުވީ ސަރުކާރުން ގާނޫނުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށާފައި ވަނީ ވިޔަފާރިވެރިންނަށް އިތުބާރާއި ޔަގީންކަން ލިބޭނެ މާހައުލެއް ހޯދައިދިނުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އާ ގާނޫނުތައް މެދުވެރިކޮށް ވިޔަފާރިތަކަށް އިތުރު ލުއިތައް ހޯދައިދޭނެ ކަމަށްވެސް ސައީދު ވިދާޅުވި އެވެ. ގާނޫނުގައި ޒަމާނަށް ފެތޭ އުސޫލުތައް ހިމަނާފައިވާކަން ފާހަގަކުރައްވާ ސައީދު ވިދާޅުވި ގޮތުގައި ގާނޫނާ އެކު އިންވެސްޓަރުންނަށް އިތުރު ރައްކާތެރިކަމެއް ލިބޭނެ ކަމުގަ އެވެ.
"މިސާލަކަށް އިންވެސްޓްމަންޓް ޕްރޮޓެކްޝަން ޕްރޮމޯޝަނެއް މިހާ ހިސާބަށް އައިއިރު ހެދިފައި. އެކަން ފާހަގަކުރެވޭނެ ޖާގަ މި ގާނޫނުން ދޭނެ،" ސައީދު ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ ކުރީގެ ގާނޫނުގައި އެންމެ ބޮޑަށް އިސްކަން ދީފައި ވަނީ ރާއްޖޭގެ ގައުމީ ސަލާމަތަށް ކަމަށެވެ. އެހެން ނަމަވެސް އާ ގާނޫނުގައި އިސްކަންދިނީ ޓްރާންސްޕޭރެންސީ އާއި އިންވެސްޓަރުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އާ ގާނޫނުގެ ތެރެއިން ބޭރުގެ އިންވެސްޓަރުން އިންވެސްޓް ކުރި ނަމަވެސް، ރާއްޖޭގެ ވިޔަފާރިވެރިންގެ މަސްލަހަތު ރައްކާތެރި ކުރާނެ ކަމަށެވެ. އެފަދަ ފަރާތްތަކަށް އިންވެސްޓް ނުކުރެވޭނެ ދާއިރާތައް ކަނޑައަޅާނީ އެކަންކަމަށް ބަލައިގެންކަން ސައީދު ފާހަގަކުރެއްވި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް