Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ބިދޭސީން ދިރިއުޅޭ ތަނަކުން ވައްކަންކުރި ދިވެއްސަކު ހައްޔަރުކޮށްފި

ބިދޭސީން ދިރިއުޅޭ ތަނަކުން ވައްކަންކުރި ދިވެއްސަކު ހައްޔަރުކޮށްފި

ބިދޭސީން ދިރިއުޅޭ ތަނަކުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ ރ. މީދޫ/ ނަސީމީގޭ މުހައްމަދު ޝާފީ ކަމަށް ފުލުހުން ބުނެއެވެ،

ފުލުހުން ބުނީ ވައްކަން ކުރީ ހުޅުމާލޭގެ ފޭސް އެކެއްގެ އިންޑަސްޓްރިއަލް ޒޯންގައި ބޭރު މީހުން ދިރިއުޅޭ އެކޮމަޑޭޝަންއަކުން މިއަދު ފަތިހު ކަމަށެވެ.

Advertisement
Ooredoo — Square (box)

ހައްޔަރުކުރި ޝާފީގެ އަތުން ހަތް މޮބައިލް ފޯނާއި އެއް ޕަވާ ބޭންކުގެ އިތުރުން ދެ ވޮލެޓް ފެނުނު ކަމަށް ފުލުހުން ބުނި ނަމަވެސް އެ ހުރިހާ ތަކެއްޗަކީ މި ބުނާ ބިދޭސީން ދިރިއުޅޭ ތަނުން ވަގަށް ނެގި ތަކެތި ކަމަށް ފުލުހުން ނުބުނެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހީގުގުކުރަމުންދާ ކަމަށެވެ.

މާލޭގައި ވައްކަމުގެ މައްސަލަތައް ގިނައިރު ހުޅުމާލޭގައި މިހާރު ވަގުންގެ އުނދަގޫ ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް