އުމުރުން 63 އަހަރުގައި ވެސް އަނިލް ކަޕޫރު "ބައިސެޕް" ދައްކައިގެން ފޮޓޯ ނަގާ ސަބަބު މިއޮތީ!

އުމުރުން 63 އަހަރުގައި ވެސް ބޮލީވުޑުގެ ކުރީގެ މަޝްހޫރު ތަރި ،އަނިލް ކަޕޫރު އޭނާގެ ބައިސެޕް ފެންނަ ގޮތަށް ފޮޓޯ ނަގާ ސަބަބު ހާމަ ކޮށްފިއެވެ.
ބޭރުގެ މީޑީއާ ތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އެހެން ފޮޓޯ ނަގާ ސަބަބެއް ކަމުގައި އޭނާ ބުނެފައި ވަނީ، އެއީ އޭނާގެ މަސައްކަތުގެ ކާމިޔާބީ އެހެންމީހުންނަށް އަންގައިދިނުމެވެ. އަދި މިހެން ބުނެ އަނިލް ކަޕޫރު ވަނީ އެކި ކަސްރަތު ކޮށްގެން ބައިސެޕް ބޮޑު ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އެކި ދުވަސް ތަކުގެ ފޮޓޯތައް އާންމު ކޮށްފައެވެ. އަދި އޭގެން ވަރަށް ބޮޑު ތަފާތެއް ފެނިގެން ވެސް ގޮސްފައިވެއެވެ. އަނިލް ކަޕޫރު ބުނެފައިވާ ގޮތުގައި ކޮންމެ މީހެއް ވެސް ހުވަފެން ދެކޭނެ ކަމަށާއި، އެހުވަފެން ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރަން ވާނީ އެމީހަކު އަމިއްލަ އަށް ކަމަށެވެ. އަދި މަސައްކަތް ކޮށްފިނަމަ ކާމިޔާބު ނުވާނޭ ކަމެއް ނޯންނާނެ ކަމަށާއި އެކަމުގެ ހެއްކެއްގެ ގޮތުގައި އޭނާގެ އަމިއްލަ ހަށިގަނޑާއި ބައިސެޕަށް އައިސްފައި ހުރި ބަދަލުތައް ފުދޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.