ލައިފްސްޓައިލް

ދެ ދުވަސް ވަންދެން ފެން ނުވަރާ ހުރެއްޖެ ނަަމަ ވާނީ ކިހިނެއް؟

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ހެނދުނު ހޭލާ ގަޑީގައި ހީކަރުވާފައި ހުރުމަކީ ވަރަށް ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. އަދި ބައެއް މީހުންނަކީ ހިޔަށް ބަލި މީހުން ކަމަށްވާތީ، އެ ފަރާތްތަކުން ބައެއް ދުވަސްދުވަހު ހެނދުނުގެ ވަގުތުގައި ފެންނުވަރާ ދޫކޮށްލައެވެ. އަދި އެއަށްފަހު ދުވަހުގެ ބިޒީކަމާހެދި އެހެން ގަޑިއެއްގައި ވެސް ފެން ވަރަން ވަގުތެއް ނުލިބެއެވެ. އަދި ބައެއް މީހުން ކަންނެތް ކަމުން ވެސް ފެންނުވަރާ ތިބެއެވެ.

Ads by Sosun Fihaara

ކޮންމެއަކަސް އެއް ދުވަހު ފެންނުވަރާ ހުރުމަކީ މާ ބޮޑު ކަމަކަށް ނުވެދާނެއެވެ. އެހެން ނަމަވެސް ދެ ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ފެން ނުވަރާ ހުރެފި ނަމަ ތިބާގެ ހަށިގަނޑަށް ވެދާނެ ގޮތަކާމެދު ވިސްނާލުން ބުއްދިވެރިއެވެ.

ދެ ދުވަހަށްވުރެ ގިނަ ދުވަހު ފެންނުވަރާ ހުރެއްޖެނަމަ ތިބާގެ ހަށިގަނޑުގެ ތެރޭގައި ބެކްޓީރިއާ އާއި ފަންގަސް އުފެދެން ފަށާނެއެވެ. އެގޮތުން އަންދާސާ ކުރެވޭ ގޮތުގައި ހަށިގަނޑުގެ ތެރޭގައި ދެ ދުވަހު ފެން ނުވަރާ ހުރެއްޖެނަމަ 1000 ބެކްޓީރިއާ އާއި 40 ވައްތަރުގެ ފަަންގަސް އުފެދެއެވެ. މީގެ ތެރޭގައި ހަށިގަނޑަށް ނުރައްކާތެރި ބާވަތްތަކުގެ ބެކްޓީރިއާ އާއި ފަންގަސް ވެސް ހިމެނެއެވެ.

ދުވަހުގެ ކޮންމެވެސް ގަޑިއެއްގައި ފެންވެރުމަކީ އެހާ މުހިންމުކަމަކަށް ވަނީ އެހެންވެއެވެ. ސަބަބަކީ ކޮންމެ ދުވަހަކު ފެންވަރާ ނަމަ މި ފަދަ ބެކްޓީރިއާތަކާއި ފަންގަސް އުފެދުން މަދުކޮށްދޭތީއެވެ.

ދެ ދުވަހަށްވުރެ ގިނަ ދުވަހު ފެން ނުވަރާ ހުރެގެން ހަށިގަނޑުގައި ބެކްޓީރިއާ އާއި ފަންގަސް އުފެދުނު ކަމުގައި ވިޔަސް އޭގެ އަސަރު އެހާ އަވަހަށް ނުފެނިދާނެއެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވާނަމަ މި ބެކްޓީރިއާ ތަކާއި ފަންގަސް ތަކުގެ ބާރު ގަދަވެ ނުރައްކާތެރި ބަލިތަކާއި ރޯގާ ތަކަށް ތިބާ ހުށަހެޅިގެން ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ދެ ދުވަސް ވަންދެން ނުވަތަ އެއަށްވުރެ ގިނަ ދުވަހު ފެންނުވަރާ ހުރުމަކީ ގައިން ނުބައި ވަސް ވެސް ދުވާނެ ކަމެކެވެ. އެހެނީ ހަށިގަނޑުގައި އުފެދޭ ބެކްޓީރިއާ ތަކާއި ފަންގަސް ތަކުގެ ސަބަބުން ހަށިގަނޑުން ތިރީހަށްވުރެ ގިނަ ނުބައިވަސް ދުވާނެ ކަން ވަނީ ސާބިތުވެފައެވެ.

މި ބެކްޓީރިއާ ތަކާއި ފަންގަސް ތައް ހަށިގަނޑަށް އެތެރެ ވަނީ ލޮލާއި ނޭފަތާއި ކަންފަތާއި އަނގައިންނެވެ. އެހެންކަމުން، ދުވަހުގެ ކޮންމެވެސް ވަގުތެއް ފެންވެރުމަށް ހުސްކުރާށެވެ. ސާފުތާހިރުކަމަށް ލޯބި ކުރާށެވެ. އެއީ މާތްވެގެންވާ އިސްލާމްދީން ވެސް ބާރު އަޅާ ކަމެކެވެ. ދެ ދުވަހަށްވުރެ ގިނަ ދުވަހު ފެން ނުވަރާ ހުރެއްޖެ ނަމަ ނުރައްކާތެރި ބަލިތަކަށް ތިބާ ހުށަހެޅިގެން ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

  1. ޥާއޫ

    ހަށިގަނޑުގެ ތެރޭގައެއްނޫން. ހަށިގަނޑުގައި.