Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފުޑް ސޭޕްޓީ އެންޑް ކޮލިޓީ ބޯޑުގެ ތިން މަގާމަށް މެންބަރުން ހޯދަނީ 

ފުޑް ސޭޕްޓީ އެންޑް ކޮލިޓީ ބޯޑުގެ ތިން މަގާމަށް މެންބަރުން ހޯދަނީ 

ނޭޝަނަލް ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑުގެ ތިން މަގާމަކަށް މެންބަރުން ހޯދުމަށް ހެލްތް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.

ސަރުކާރުގެ ގެޒެޓުގައި ތިން މަގާމު ވަކިވަކި އިއުލާނުކޮށްފައިވާއިރު އެ މަގާމު ތަކަކީ ފުޑް ސައިންސްގެ މާހިރަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ތަމްސީލުކުރާ ފަރާތުގެ އިތުރުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ތަމްސީލުކުރާ ފަރާތެކެވެ.

5 އަހަރުގެ މުއްދަތަށް ނަގާ އެ ތިން މަގާމުގެ މަސްއޫލިއްޔަތަކީ ކާބޯތަކެތީގެ ފެންވަރާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުންނާއި ކާބޯތަކެއްޗަކީ ސިއްހަތަށް ފައިދާހުރި ތަކެތި ކަމުގައި ކަށަވަރުކުރުމާ ގުޅޭ ގޮތުން އޮތޯރިޓީއަށް ލަފަޔާއި އިރުޝާދާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

Advertisement
Allied Insurance — Square (box)

އޭގެ އިތުރުން ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި އޮތޯރިޓިއަށް ލަފާދިނުމަކީ ވެސް މަގާމުގެ މަސްއޫލިއްޔަތެވެ.

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ތަމްސީލުކުރާ ފަރާތެއްގެ ވަކި ހާއްސަ ޝަރުތެއް އިއުލާނުގައި ހިމަނާފައި ނުވާއިރު ހިދުމަތް ލިބިގަންނަ ފަރާތްތައް ތަމްސީލުކުރާ ފަރާތާއި ފުޑް ސައިންސްގެ މާހިރެއްގެ ހާއްސަ ޝަރުތެއްގެ ގޮތުގައި ކާބޯތަކެތީގެ ހިދުމަތްދޭ ވިޔަފާރިއެއް ނުވަތަ އެނޫންވެސް ތަނެއްގައި މަސްލަހަތެއް އޮތް ފަރާތަކަށް ނުވުން ހިމެނެ އެވެ.

އޭގެ އިތުރުން ސަރުކާރުގެ އިދާރާއެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައި ނުވުމަކީ ފުޑް ސައިންސްގެ މާހިރަކު ހުންނަން ޖެހޭނެ ޝަރުތެއް ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.

އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާއިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 1 ޖެހުމުގެ ނިޔަލަށެވެ.

ހެލްތް މިނިސްޓްރީން ބުނީ އެ މަގާމަށް އެދި ހުށަހަޅަން ޖެހޭ ލިޔުންތައް އެ މިނިސްޓްރީގެ <a href="[email protected]">އީމެއިލް</a> މެދުވެރިކޮށް ބަލައިގަންނާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް