Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

ކަމަދޫގައި ވޯޓާ ޕާކެއް ހަދަނީ

ކަމަދޫގައި ވޯޓާ ޕާކެއް ހަދަނީ
ބ.ކަމަދޫގައި ވޯޓާ ޕާކެއް ހަދަން ނިންމައި، އެ ސަރަހައްދުގެ އީއައޭ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި އެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފޮތުގައިވާ މައުލޫމާތު ފުރިހަމަކޮށް، އެކަމަށް އެދި ހުށަހެޅުމަށް ކަމަދޫ ކައުންސިލުން ސަރުކާރުގެ ގެޒެޓްގައި މިއަދު ކުރި އިއުލާނެއްގައި ވަނީ ބުނެފަ އެވެ. ބީލަން ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން ކައުންސިލްގައި ރަޖިސްޓްރީވާން ޖެހޭނެ ކަމަށްވެސް އިއުލާންގައި ވެއެވެ. އަދި ބިޑްގައި ބައިވެރިވާން ބޭނުންވާ މީހުން އެމީހެއްގެ ތަފްސީލާއި، ވިޔަފާރި ނުވަތަ ޖަމިއްޔާގެ ރަޖިސްޓްރީ ކޮޕީ އާއެކު އިދާރާގެ ނަންބަރަށް ނުވަތަ އީމެއިލް ( [email protected]) އަށް ރިކުއެސްޓު ކުރުމަށް އިއުލާންގައިވެ އެވެ. ރަޖިސްޓްރީ ކުރަން ހުޅުވާލާފައިވަނީ އިއްޔެ އިން ފެށިގެން އަންނަ މަހުގެ 6 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށެވެ. އަދި ވަގުތު ހަމަވާއިރު ކައުންސިލުގައި ރަޖިސްޓްރީނުވާ މީހުންނަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނަކަމަށްވެސް އިއުލާނުގައިވެ އެވެ. ބިޑާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ އަންނަ މަހުގެ ހަވަނަ ދުވަހުގެ 13:00 ގައި އެވެ.

ބީލަން ހުށަހެޅުން އޮންނާނީ މި އަންނަ މަހުގެ 8 ވާ އަންގާރަ ދުވަހުގެ 13:30 ގައެވެ. އަދި ބީލަން ކެނޑުން ހަމަޖެހިފައިވަނީ ހަމަ އެދުވަހުގެ 13:35 ގައި އެވެ.

ބީލަމަށް އެދި ހުށަހަޅާއިރު ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެ ކަމަށް އިއުލާނުގައި ވެއެވެ. އަދި ބީލަން ހުށަހަޅަން ވެރިފަރާތް ނޫން އެހެން ފަރާތަކުން ދާނަމަ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެ ކަމަށްވެސް އިއުލާނުގައިވެ އެވެ.

އިއުލާނުގައި އިތުރަށް ބުނީ ބީލަންތައް ހުންނަންވާނީ ސިޓީ އުރައިގައި ބަންދުކޮށް، ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތާއި، ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެފައި ކަމަށެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް ކަމަށްވެސް އިއުލާންގައިވެ އެވެ. މައުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރާނެ އިހްތިޔާރް ކައުންސިލަށް ލިބިގެންވާ ކަމަށް އިއުލާނުގައި ވެއެވެ. އަދި ބިޑް ޕްރޮސަސްގެ ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިހްތިޔާރު ކައުންސިލަށް ލިބިފައިވާކަމަށްވެސް އިއުލާނުގައިވެ އެވެ. އިތުރު މައުލޫމަތު ސާފުކުރަން ބޭނުން ފަރާތްތަކުން ކައުންސިލްގެ އީމެއިލް އަށް އީ-މެއިލްކޮށްގެން ނުވަތަ ކައުންސިލްގެ ނަންބަރަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށް އިއުލާނުގައި ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް