Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

މަރަދޫ ގެއެއްގައި އަލިފާން ރޯވެއްޖެ

މަރަދޫ ގެއެއްގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީ މަރަދޫ ގެއެއްގައި މިއަދު އަލިފާން ރޯވެއްޖެ އެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ރަސްމީ ވެބްސައިޓްގައި ޝާއިއުކުރި ހަބަރެއްގައި ބުނީ އަލިފާން ރޯވެފައިވަނީ އެގޭގައި ހުރި އޭސީތަކެއްގައި ކަމަށެވެ.

އޭސީތަކުގައި އަލިފާން ރޯވިކަމުގެ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާ، ހިތަދޫ ފަޔާ ސްޓޭޝަނަށް ލިބިފައިވަނީ މިއަދު ހަވީރު 17:13 ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

Advertisement
Ooredoo — Square (box)

އަދި އެ ހާދިސާ ރިޕޯޓު ކުރުމާއެކު ފަޔާ ފައިޓަރުން  އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެގޮތުން ފަޔާ ފައިޓަރުން ކުރި މަސައްކަތުން އެ އަލިފާންގަނޑު ނިއްވާލެވުނީ މިއަދު ހަވީރު 17:45 ހާއިރު ކަމާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފް އިން ޝާއިއުކުރި ފޮޓޯ އިން ފެންނަނީ އެގޭގައި ވަރަށް ބޮޑަށް އަލިފާންގަނޑު ފެތުރިފައިވާ މަންޒަރެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް