ޚަބަރު

ހަފްލާތަކާއި ކުޅިވަރު މުބާރަތްތައް ބޭއްވުމުގެ ހުއްދަ ދީފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދީ، ކުޅިވަރު މުބާރާތްތަކާއި ހަފްލާތައް ބާއްވަން އެޗްޕީއޭއިން ހުއްދަދީފިއެވެ.

Ads by MWSC

ކޮވިޑް-19 ފެތުރުމާ ގުޅިގެން އެކިއެކި ކުޅިވަރު މުބާރާތްތަކާއި މީހުން ގިނައިން އެއްވެ އުޅޭ ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މީގެ ކުރިން އޮތީ މަނާކޮށްފައެވެ. ނަމަވެސް މިރޭ ދިން ލުއިތަކާއެކު މި ހަރަކާތްތައް ބޭއްވުމުގެ ހުއްދަ އެޗްޕީއޭއިން ވަނީ ދީފައެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ ނެރުނު އެންގުމުގައި ބުނެފައިވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް ކުޅިވަރު މުބާރާތްތައް ބާއްވަން ހުޅުވާލުމާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުމަށް ހުޅުވާލާފައިވާ ކަމަށެވެ.

ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުމުގެ ހުއްދަ ދީފައިވާއިރު ދައުލަތުން މި އަހަރު ދޭން ހަމަޖެހިފައިވާ އެކިއެކި އިނާމުތައް ދިނުމަށް ބާއްވާ ރަސްމީ ޖަލްސާ، މި މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ސަރުކާރުން މިއަދު ވަނީ ނިންމާފައެވެ.

ރައީސް އޮފީހުން ބުނީ، ޖަލްސާ އޮންނާނީ، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން އެރޭ 8:30 ގައި ޖުމްހޫރީ މައިދާނުގައި ކަމަށެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!