ދުނިޔެ

މާސްކް އަޅަން ދެކޮޅުހެދި އަންހެނަކު ގެންދަން ޖެހުނީ ނަގައިގަނެގެން

ދެން އެމްވީ ، ދެން އޮންލައިން

ފްރާންސްގެ މާރުކޭޓް ސަރަޙައްދެއްގައި މާސްކް ނާޅާ އުޅުނު އަންހެނަކަށް ނަސޭހަތް ދިނުމުން، ފުލުހުންނާ ޒުވާބުކޮށް ގަޔަން އަތްލާން މަސައްކަތް ކުރުމުން، ފުލުހުން އޭނާ ނަގައިގަނެގެން އެ ސަރަހައްދުން ދުރަށް ގެންގޮސްފިއެވެ.

Ads by Sosun Fihaara

މި އަންހެން މީހާ މިތަނުން އެއް ފުލުހެއްގެ ގައިގާ ދަތްއެޅިކަމަށް ވެސް ފުލުހުން ހާމަ ކުރިއެވެ. އިއްޔެ ހިނގި މިހާދިސާގައި މި އަންހެންމީހާ ޕޮލިހުންގެ ކާރުގައި ގެންގޮސް ފުލުހުންނަށް ޙަމަލާ ދިނުމުގެ ތުހުމަތުގައި ދަޢުވާ ކުރުމަށް ވަނީ ފޮނުވާފައެވެ. މި ހާދިސާ މީޑިޔާއަށް ތިލަވެފައިވަނީ، ޖަރުމަނުގެ ސްޓޭޓަކުން 6 ޖޫން އިން ފެށިގެން އެއްކޮށް ލޮކްޑައުން އުވާލާތީ އެކަމަކީ ނުރައްކާތެރި ކަމެއް ކަމަށް ބުނެ ހެކި ދައްކަމުންނެވެ. މީޑިއާތަކުންބުނެފައިވަނީ ލޮކްޑައުން އުވާލައިފިނަމަ ރައްކާތެރިކަމަށް ޢަމަލު ނުކުރާ މީހުން ގިނަވެ މިފަދަ ކަންކަން ހިނގުން އާންމު ވެދާނެ ކަމަށެވެ.

މި ހާދިސާއަށް ފަހު ޖަރުމަނުގެ އިރުމަތީގެ ސްޓޭޓެއް ކަމަށްވާ ސުރިންޖިޔާގައި އިންވަނީ ލޮކްޑައުން ނަގާނީ ޝަރުތު ތަކަކާ އެކު ކަމަށާއި ގަވާއިދަށް އަމަލު ނުކުރާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އިންޒާރުދީފައެވެ. ސްޕެއިންގައި ވެސް ރެސްޓޯރެންޓްތަކާ ކެފޭ އަދި ޕާކްތައް، ހުޅުވި ނަމަވެސް 10 މީހުނަށް ވުރެ ގިނައިން ގްރޫޕް ހަދައިގެން އުޅުން މަނާވާނެއެވެ. ގިނަ ގައުމުތަކަކުން އަންނަނީ ޝަރުތުތަކާއެކު ލޮކްޑައުންއަށް ލުއިދެމުންނެވެ. ނަމަވެސް ޑޮކްޓަރުންނާއި ސިއްޙީއެހީތެރިން އަންނަނީ ލޮކްޑައުން ހުޅުވާލަން އަދި އަވަސްކަމަށް ބުނެ އެކަމަށް އިދިކޮޅު ހަދާ އިންޒާރުދެމުންނެވެ.

އެންމެ ގިނައިން ކޮވިޑް-19 ޖެހުނު ގައުމުތަކުގެ ލިސްޓްގެ 7 ވަނަގައި އޮތް ފްރާންސުން 182،584 މީހަކަށް ވަނީ ބަލިޖެހިފައެވެ. އަދި 5 ވަނައަށް އެންމެ ގިނަ މީހުން މަރުވި ގައުމަކަށް ފްރާންސް ވީއިރު އެގައުމުން 28،367 މީހަކު މަރުވިއެވެ.އަދި މިހާރުވެސް 1،655 މީހަކަށް ކްރިޓިކަލް ކެއަރގައި އަންނަނީ ފަރުވާ ދެމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!