ދުނިޔެ

ދުވަހަކު ކައިވެންޏެއް ނުކުރާ އަދި ދަރިއަކު ނެތް މިނިއަނަރަކު މަރުވުން އޭނާގެ ދަރިން ކަމަށް 130 މީހަކު ދަޢުވާ ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އެމެރިކާގެ އުމުރުން 66 އަހަރުގެ ފައިނޭންސަރ، ޖެފްރީ އެޕްސްޓީން މިދިޔަ އަހަރު މަރުވުމާއި ގުޅިގެން އޭނާގެ ދަރިއަކު ހުރިތޯ ބަލަން އިޢުލާން ކުރުމުން 130 މީހަކު އެއީ، ޖެފްރީގެ ދަރިންކަމަށް ބުނެ އޭނާގެ 635 މިލިއަން ޑޮލަރުގެ މުދަލުން ބައިހޯދުމަށް ނިކުމެއްޖެއެވެ.

Ads by Sosun Fihaara

ޖެފްރީއަކީ ކުޑަކުއްޖަކާ ބެހުމުގެ ކުށް ސާބިތުވެގެން ޖަލުހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް މިދިޔަ އަހަރުގެ އޮގަސްޓްމަހު، މެންހާޓަންގެ ޖަލެއްގައި އަމިއްލަ މަރުވެފައިވާ މީހެކެވެ. ޑީ.އެން.އޭ ހަދާ ކުންފުންޏަކުން ޖެފްރީގެ ވާރިސަކު ހުރިތޯ ބެލުމަށް ހުޅުވާލުމުން 386 މީހަކު އެ ވެބްސައިޓާ ގުޅިކަމަށް ވެބްސައިޓް ހިންގާ ފަރާތުން ހާމަ ކުރެއެވެ.

ޖެފްރީއަކީ ދުވަހަކު ވެސް ކައިވެންޏެއް ކޮށްފައިވާ މީހެއް ނޫނެވެ. އަދި ދަރި އެއް ވެސް ނުހުރެއެވެ. ނަމަވެސް ކުޑަކުދިންނާ ބެހުމާ، ގިނަ އަދަދެއްގެ ލޯބިވެރިން ގެންގުޅޭކަމަށް މަޝްހޫރު ވެފައިވާ ޖެފްރީގެ ދަރިއަކު ހުރުމަކީ އެކަށީގެންވާ ކަމަކަށްވާތީ ދަރިއަކު ހުރިނަމަ އެމީހަކު ހޯދުމުގެ މަސައްކަތް ކުރަނީ ކަމަށް ވެބްސައިޓުން ހާމަ ކުރިއެވެ.

ޖެފްރީގެ މުދަލުގެ ތެރޭގައި މެންހާޓަންގައި ހުންނަ އޭނާގެ އަގުބޮޑު ގެއާއި 75 އޭކަރުގެ ބޮޑު ރަށެއް ހިމެނެއެވެ. މިތަނަކީ "ކުޑަކުދިންނާ ބެހޭ ރަށް" ގެ ގޮތުގައި ވަނީ މަޝްހޫރުވެފައިވާ ތަނެކެވެ. ޖެފްރީ މަރުވުމުން އޭނާގެ މުދާ ފަގީރުންނަށް އެހީވާ ޖަމްޢިއްޔާއަކަށް ދިނުމަށް އޭނާ ވަނީ ނިންމާފައެވެ.

ކުޑަކުއްޖަކު ޖިންސީ ވިޔާފާރީގެ ތެރެއަށް ފޮނުވި ކަމުގެ ކުށް ސާބިތުވެ ޖެފްރީއަށް ވަނީ ކޯޓުން ހުކުމް ވެސް ކޮށްފައެވެ.ނަމަވެސް އޭނާގެ މައްޗަށް އިއްވި 13 މަސް ދުވަހުގެ ޖަލު ހުކުމަކީ ވަރަށް ލުއި ހުކުމެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ އިތުރުން 25 އަށް ވުރެ ގިނަ އަންހެނުން ވަނީ ޖެފްރީ އެމީހުނަށް ޖިންސީގޯނާކުރިކަމަށް ބުނެ ކޯޓަށް މައްސަލަ ހުށައަޅާފައެވެ.

ޖެފްރީގެ މުދަލުގެ ބޮޑުބައެއް ލިބޭނެ ކަމަށް ބެލެވެނީ ޖެފްރީގެ އާއިލާގެ ހަމަ އެކަނި މެމްބަރު، އޭނާގެ ކޮއްކޮ މާރކްއަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!