Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

އިންޑިއާގެ މަޝްހޫރު ބޮޑުކައްކާ ދެލައްކަ މީހުންނަށް ކާންދީފި ، އެތައް ބައެއްގެ ތަޢްރީފް އޭނާއަށް

ވިކާސް ކަންނާއަކީ މަޝްހޫރު މޮޅު ބޮޑުކައްކާއެކެވެ. އޭނާ ކައްކާ އެއްޗެއް ނޭނގޭ މީހުންނަށް އޭނާގެ ހިނިތުންވުން ގިނަ ބަޔަކަށް ހަނދާން ހުރެއެވެ. ހިތްހެޔޮ މީހެއްކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

މިފަހަރުގެ ފިތުރު ޢީދު މުސްލިމުންނާ ބައްދަލުކުރީ މުޅި ދުނިޔެއަށް އައި ބޮޑު ވަބާއެއްގެ ތެރެއިން ނަމަވެސް ޢީދުގެ އުފާ ގިނަބަޔަކަށް ހޯދައިދޭން ބޮޑުކައްކާ ބޭނުންވިއެވެ. ކޮންމެ މީހަކުވެސް ވީވަރަކުން އެހެން މީހުނަށް އެހީތެރިވެ ޞަދަގާތް ކުރަމުން ދިޔައެވެ.

ވިކާސް ކަންނާ މުމްބާއީގައި އިންތިޒާމްކުރީ މިހާތަނަށް ދުނިޔޭގައި ބޭއްވި އެންމެ ބޮޑު ޢީދު ކެއުމެވެ. މި ކެއުމުގައި، ކޮވިޑް-19 ގެ ސަބަބުން ދަތިތަކާއި ކުރިމަތިވެ ހާލުގައިޖެހިފައިވާ ދެ ލައްކަ މީހުން ޝާމިލުކުރިއެވެ.
މި ކެއުމަށް ހާޖީ ޢަލީ ދަރުބާރު މިސްކިތަށް ތަކެތި ގެންދިޔުމުން އެތަނުން ޓްރަކްތަކަށް އަރުވައިގެން މުޙައްމަދު ޢަލީ ރޯޑު އަދި މަހީމް މިސްކިތަށް ބެހުމަށް 200 މީހުން ހިލޭސާބަހަށް އެހީތެރިވެދިންކަމަށާއި މީގެ އިތުރުން ނެޝަނަލް ޑިޒާސްޓާރ ރެސްޕޮންސް ފޯރސްގެ މީހުންގެ އެހީތެރިކަން ލިބުން ކަމަށް ވިކާސް ބުނެފައި ވެއެވެ. އަދި ހުރިހާ ކަމެއްވެސް ހިނގާދިޔައީ ކަނޑައެޅިފައިވާ ގައިދުރުކަން ބެހެއްޓުމުގެ ތެރެއިން ކަމަށް، ޕީ.ޓީ.އައި ނިއުސް އާ ވާހަކަ ދައްކަމުން ވިކާސް ކަންނާ މަޢުލޫމާތު ދިނެވެ.

Advertisement
HDC — Sidebar (box)

ވިކާސް އިތުރަށް ފާހަގަ ކުރި ގޮތުގައި އެހެން ގައުމުތަކެކޭ އެއްގޮތަށް އިންޑިޔާއަށް ވެސް ޢީދު އައީ ބިރުވެރިކަން ފެތުރިފައިވާ ވަގުތެއްގައި ނަމަވެސް، އިންޑިޔާގެ ރޫޙު މިކެއުމުން ދިރުވައިފިކަމަށާއި ގިނަބައެއްގެ މެދުގައި ގުޅުންބަދަހިވެ، މުޞީބާތުގެ ވަގުތުގައިވެސް އެންމެ އަތުގުޅާލައިގެން ތިބިކަން ދައްކައިދީފިކަމަށެވެ. އަދި އިންޑިޔާ މި ވައިރަހުންވެސް އަރައިގަންނާނެކަމަށާ، މީ އާންމު މީހެއްގެ ފަރާތުން އާންމުންނަށް ދެވުނު ޢީދުގެ ދަޢުވަތެއްކަމަށް ވެސް ވިކާސް ބުންޏެވެ.


މީގެ އިތުރުންވެސް ވިކާސް ކަންނާ އަންނަނީ "އަމްފާން" ތޫފާނުގައި ވެސްޓް ބެންގޯލްގައި ގެދޮރު ގެއްލި ހާލުގައި ޖެހުނު މީހުނަށްވެސް ކެއިން ބުއިމުގެ ކަންކަމުގައި އެހީތެރިވެދެމުންނެވެ. ވިކާސްގެ މި މަސައްކަތަށް އެހެން ބޮޑެތި ކުންފުނިތަކާ ފައުންޑޭޝަންތަކުން ވެސް ވަނީ އެހީތެރިކަން ލިބިފައެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވިކާސްއަށް ތަޢުރީފް ކުރަމުން އެބަދެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް