ދުނިޔެ

5 އަހަރުގެ ކުޑަކުއްޖަކު އެކަނި ދިއްލީއިން ބެންގަލޫރަށް އޭނާގެ މަންމަ އާ ބައްދަލު ކުރުމަށް ދަތުރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އިންޑިޔާގެ ލޮކްޑައުންގެ ސަބަބުން ދިއްލީގައި ތާށިވެފައި ހުރި 5 އަހަރުގެ ވިހާން ޝަރްމާ އޭނާގެ މަންމަ ގާތަށް ބެންގަލުރަށް، އެކަނި ދަތުރުކޮށްފައި ގޮސްފިއެވެ.

Ads by Sosun Fihaara

ވިހާން ދިޔައީ ލޮކްޑައުންގެ ސަބަބުން އެކި ސިޓީތަކުގައި މިހެން ތިބި މީހުން ގެންދިއުމަށް ބޭއްވި އެންމެ ފުރަތަމަ ފްލައިޓްގައެވެ. ވިހާން ދަތުރު ކުރީ ޚާއްސަ ކެޓެގަރީ ފަސިންޖަރެއްގެ ހައިސިއްޔަތުންނެވެ. ވިހާން މަންމަ އާ ވަކިން ދިއްލީގައި ހުންނަން ޖެހުނީ ކީއްވެކަމާ، އާއިލާގެ އެއްވެސް މީހަކު ވިހާން އާއި އެކުގައި ނައި ސަބަބެއް އެނގެން ނެތް ނަމަވެސް، އެއަރޕޯޓުން ނިކުމެގެން އައިސް އުފަލުން ފޮޅިފައި ހުރި މަންމަގެ އަތުތެރެއަށް ވަދެގެން ދިޔަ މަންޒަރަކީ މި ދުވަސްވަރު ބަލާލަން ލިބޭނެ އެންމެ ހިތްގައިމު މަންޒަރެވެ.

ވިހާންގެ މަންމަ އެއަރޕޯޓްގައި ހުރެގެން މަޢުލޫމާތުދިން ގޮތުގައި ވިހާން ބެންގަލޫރަށް މިއައީ ތިންމަސް ފަހުންނެވެ. ބޭރަށް ނިކުމެގެން އައި އިރުވެސް ވިހާންގެ އަތުގައި ސްޕްޝަލް ކެޓަގަރީ ޖަހާފައިވާ ކާޑެއް އޮތެވެ. ރީނދުލާއި ނޫކުލައިން ހެދުން އަޅައިގެން އެއާ ގުޅޭގޮތަށް މާސްކް އަދި އަންގި ލައްވައިގެން ހުރި ވިހާން އެއްވެސް ވަރަކަށް ޖެހިލުންވެފައި ހުރިކަން ފެންނާކަށް ނެތެވެ.

އިންޑިޔާގެ ލޮކްޑައުންގައި އެކި ސްޓޭޓްތަކުގައި ބަންދުވި މީހުން އެމީހުންގެ އާއިލާގެ މީހުން ގެނައުމަށް ފްލައިޓްތައް ފެށިއިރު އެއަރޕޯޓްގައި އަމަލު ކުރަންވީ ގޮތުގެ ހަރުކަށި ގަވާއިދުތަކެއް ވަނީ ހެދިފައެވެ. ދިހަ ވަނައަށް އެންމެ ގިނަމީހުނަށް ކޮވިޑް-19 ޖެހުނު އިންޑިޔާގައި 145،456 މީހަކަށް ވަނީ ބަލި ޖެހިފައެވެ. އެންމެ ގިނައިން މިބަލީގައި މީހުން މަރުވި ލިސްޓްގެ ފަނަރަ ވަނައިގައިވާ އިންޑިޔާއިން 4،172 މީހަކު މަރުވެ 8،944 މީހަކަށް ކްރިޓިކަލް ކެއަރގައި އަންނަނީ ފަރުވާ ދެމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!