ދުނިޔެ

ކޮވިޑް-19 ގައި އިސްސަފުގައި މަސައްކަތްކުރާ ސިއްޙީއެހީތެރިންގެ ނަފްސާނީ ދުޅަހެޔޮކަން ގެއްލި އަމިއްލައަށް މަރުވާކަމުގެ ޝަކުވާ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ގެ ބަލިމީހުންނަށް ފަރުވާ ކުރުމުގައި އިސްސަފުގައި ހަރަކާތްތެރިވާ ސިއްޙިއެހީތެރިން އަމިއްލައަށްމަރުވާ ކަމުގެ ޝަކުވާ އެކި ގައުމުތަކުން ރިޕޯޓް ކުރަމުންދެއެވެ. މިދިޔަ މަސްތެރޭގައި ނިއުޔޯކުގެ އަލެން ހޮސްޕިޓަލްގެ ޑޮކްޓަރަކާއި އިމަރޖެންސީ މެޑިކަލް ޓެކްނިޝަނެއްވަނީ އަމިއްލައަށް މަރުވެފައެވެ. މިކަމާ ގުޅިގެން ސައިކައިޓްރިސްޓުން ހާމަ ކުރާ ގޮތުގައި، މި ޙާލަތުގައި ސިއްޙީއެހީތެރިންނަށް ދިމާވާ ނަފްސާނީ މައްސަލަތަކަށް އަޅާނުލެވިއްޖެ ނަމަ މިކަމުގެ ނޭދެވޭ ނަތީޖާ ފެންނާނެއެވެ.

Ads by WAMCO

އިއްޔެ އިންޑިޔާގެ އަހްމަދުއާބާދުގެ އެޕާޓްމަންޓެއްގެ 10 ވަނަ ބުރިން ފުންމާލައިގެން އެގައުމުގެ ނަރުހަކު ވަނީ މަރުވެފައެވެ. 28 އަހަރުގެ މި ނަރުހަކީ އަހުމަދުއާބާދު ސިވިލް ހޮސްޕިޓަލްގައި މަސައްކަތް ކުރާ މީހެކެވެ. މި މީހާގެ މަރާ ގުޅޭގޮތުން ވާހަކަ ދައްކަމުން އޭނާގެ ބައްޕަ ބުނީ، މި ނަރުހަކީ މީހަކާ އިނދެގެން އަހްމަދުއާބާދުގެ އެހެން ހިސާބެއްގައި ދިރިއުޅެމުންދިޔަ މީހެއް ކަމަށާ، މީގެ ދުވަސްކޮޅެން ކުރިން މައިންބަފައިންގެ ގެއަށް ދިޔައިރު ހުރީ ވަރަށް ބޮޑަށް ނަފްސާނީގޮތުން ބަލިކަށިވެފައި ކަމަށެވެ. އަދި މިދިޔަ ދެތިން ދުވަހު އިތުރަށް ހާލަތު ގޯސްކޮށް ފެނުނު ކަމަށް ވެސް އޭނާގެ ބައްޕަ މީޑިޔާއަށް މައުލޫމާތު ދިނެވެ. ފުލުހުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މަސައްކަތް ކުރަން ޖެހޭ ވަގުތު ދިގުވުމާއި، މަސައްކަތްބުރަ ވުމާއި، އެކަށީގެންވާ ވަރަށް ސިއްޙީއެހީތެރިންނަށް ބޭނުންވާ ރައްކާތެރިކަމުގެ ސާމާނު ލިބެން ނެތުމުން ބައެއް ގައުމުތަކުގައި ސިއްޙިއެހީތެރިން އެމީހުންގެ ވަޒީފާއިން އަމިއްލައަށް ވަކިވެފައި ވެސް އެބަ ހުއްޓެވެ. މި މީހުންނަކީ ބަލިމީހުނަށް އެންމެ ގާތުން ފަރުވާދޭ މީހުންކަމަށް ވުމުން އެންމެ ބޮޑު ނުރައްކަލެއްގެ ތެރެއަށް ހުށައެޅެނީ ވެސް އެމީހުންގެ ފުރާނައެވެ. މިކަމުގެ ތެރޭގައި އެކި މީހުނަށް ނަފްސާނީ ގޮތުން އަސަރު ކުރަނީވެސް އެކިވަރަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!