ދުނިޔެ

އެމެރިކާ ސިފައިންގެ ރަޙުމްކުޑަ ޢަމަލެއް،ކަޅު ނަސްލުގެ މީހަކު މަރުވީ ކަރަށް ފައިންއަރާ ހޭނެތި، ފަރުވާ ދެނިކޮށް

ދެން އެމްވީ ، ދެން އޮންލައިން

އެމެރިކާގެ ފުލުހަކު ޖޯޖް ފްލޮއިޑް ނަމަކަށް ކިޔާ އެގައުމުގެ ކަޅު ނަސްލަށް ނިސްބަތްވާ މީހަކު ވައްޓާލުމަށްފަހު އޭނާގެ ކަރަން ފައިން އަރާ އޭނާ ހޭނެތެންދެން ބޭއްވިއެވެ. ފަހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް އޭނާ ވަނީ މަރުވެފައެވެ.

Ads by Sosun Fihaara

މިދިޔަ ހޯމަ ދުވަހު ހިނގި މިހާދިސާގައި ބައިވެރިވި ހަތަރު އޮފިސަރުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ފުލުހުންގެ ފަރާތުން އެދުވަހު ވަނީ ހާމަ ކޮށްފަ އެވެ. ނަމަވެސް އެމީހުން ހައްޔަރުކޮށް އެމީހުނާއި މެދު ޖިނާޢީ ތަހުގީގު ހިންގަން ގޮވާލާ ގިނަ ބަޔަކު މިނެސޯޓާގެ މަގުތަކަށް އެއްވެ މުޒާހަރާ ކުރަމުން އެބަ ދެއެވެ.

މުޒާހަރާ ކޮންޓްރޯލް ކުރި މީހުންނާއި ދެކޮޅަށް ފުލުހުންވަނީ ރަބަރު އުންޑައާއި ކަރުނަ ގޭސް ވެސް ބޭނުން ކޮށްފައެވެ. މަރުވި މީހާގެ ކަރަށް ފުލުހުން އަރައިގެން ތިއްބާ ނަގާފައިވާ ވީޑިއޯއިން ''އަހަރެންނަށް ނޭވާ އެއް ނުލެވޭ" ކިޔާ އެތައް އާދޭހެއް ކުރާ އަޑު އިވެއެވެ.

މުޒާހަރާގެ ބައިވެރިން ވެސް ތިބީ "އަހަރެންނަށް ނޭވާ އެއް ނުލެވޭ" ޖަހާފައިވާ ބެނަރތައް ހިފައިގެންނެވެ. މުޒާހަރާގެ ތެރެއަށް ކަރުނަ ގޭސް ޖެހުމުން އޭގެ އަސަރު ކުޑަ ކުރުމަށް ގިނަ ބަޔަކު މޫނުގައި ކިރު އުނގުޅައިގެން އުޅުނު މަންޒަރު ވެސް ވަނީ ފެނިފައެވެ.

މަކަރާ ޙީލަތް ހެދުމުގެ ތުހުމަތުގައި ޖޯޖް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ދޮން ނަސްލުގެ ފުލުހެއް ކަމަށްވާ ޑެރެކް ޗޯވިން ވަނީ ޖޯޖްގެ ކަރަށް އަރައިގެން 8 މިނިޓް ވަންދެން ހުރެފައެވެ. ޖޯޖްގެ އާއިލާއިން އެދެނީ ޖޯޖްގެ މަރުގެ ދަޢުވާ އެކަމުގައި ބައިވެރިވި ހަތަރު އޮފިސަރުންގެ މައްޗަށް އުފުލާ އޭނާއަށް އިންސާފު ހޯދައި ދިނުމަށެވެ. އަންގާރަ ދުވަހު ސުލްހަވެރިކޮށް ފެށި މުޒާހަރާ ރެއާ ހަމައަށް ދިގުދެމި ފުލުހުންނާ މުޒާހަރާގެ ބައިވެރިންވެސް އެއްބަޔަކު އަނެއްބަޔަކަށް އެއްޗެހި އުކާ، ކޮންޓްރޯލުން ނެއްޓުމުން ކަރުނަގޭސް ބޭނުން ކުރީ ކަމަށް ފުލުހުން ހާމަ ކުރިއެވެ.
ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލަ މިހާރު އެފް.ބީ.އައި އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!