ދުނިޔެ

ކޮވިޑް-19 ގެ ސަބަބުން ކައިވެނި ފަސްކުރަން ޖެހުނު ޑޮކްޓަރާއި ނަރުސް އެމީހުން މަސައްކަތް ކުރާ ހޮސްޕިޓަލުގައި ކައިވެނިކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

34 އަހަރުގެ ޖެން ޓިޕިންގ އަދި 30 އަހަރުގެ އެނަލަން ނަވަރަތުނަމް ގެ ކައިވެނި ފަސްކުރީ ކޮވިޑް-19 ފެތުރެން ފެށުމުންނެވެ. ނަމަވެސް އިނގިރޭސިވިލާތުގައި ކޮވިޑް-19 ކޮންމެވެސް ވަރަކަށް ކޮންޓްރޯލްވެ ލޮކްޑައުންތަކަށް ވެސް ލުއިތަކެއް ދިނުމުން އެދެމީހުން ވަނީ އެމީހުން މަސައްކަތް ކުރާ ލަންޑަންގެ ސެއިންޓް ތޯމަސް ހޮސްޕިޓަލްގައި ކައިވެނި ކޮށްފައެވެ.

Ads by WAMCO

މި ކައިވެނީގައި އާއިލާއާއި ރައްޓެހިން ބައިވެރިވީ އޮންލައިންކޮށް ވީޑިއޯ މެދުވެރިކޮށެވެ. ކައިވެނީގެ ހަފްލާގައި ތިބީ ކައިވެނި ކޮށްދިން މީހާއާއި ދެ ހެކިވެރިންނެވެ.

މިދެމީހުންގެ ކައިވެނި ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޮގަސްޓް މަހުއެވެ. ނަމަވެސް ކޮވިޑް-19 ގެ ކަންކަން ހަމައަކަށް އެޅިގެން އެމީހުންގެ އާއިލާ އާއި ރައްޓެހިންނަށް ދަތުރު ނުކުރެވޭނެކަން ޔަގީންވުމުން ހޮސްޕިޓަލުން ޗުއްޓީއެއް ނަގައިގެން ހޮސްޕިޓަލްގައި ކައިވެނި ކުރީކަމަށް އެމީހުން ހާމަ ކުރިއެވެ. މި ދެމަފިރިންގެ ތެރެއިން ފިރިހެންމީހާއަކީ ސްރީލަންކާއަށް ނިސްބަތްވާ މީހެކެވެ. އަންހެންމީހާގެ އާއިލާ ދިރިއުޅެނީ ނޮދަރން އަޔަލެންޑްގައެވެ. ކޮވިޑް-19 ސަބަބުން ގިނަ ބަޔަކު ހަފްލާތައް ފަސްކުރަމުންދާ ދުވަސްވަރެއްގައި މި ދެމީހުން ބޭނުންވީ މިކަން އަވަސް ކުރާށެވެ.

ކައިވެނިވީ ދެމީހުން ހާމަ ކުރި ގޮތުގައި މީދެމީހުން ބޭނުންވީ ސިއްޙަތަށް ނުރައްކާވެދާނެ ޙާލަތުގައި އާއިލާ އެންމެ ދަތުރުކުރަން ނުޖައްސާ، އެމީހުންގެ ކައިވެނީގެ ހަފްލާގައި ބައިވެރި ކުރުވާށެވެ. މިކަން މިވަގުތަށް ކުރެވެން އޮތް ހަމަ އެކަނި ގޮތަކީ ވިޑީއޯ މެދުވެރިކޮށް އެކަން ކުރުން ކަމަށްވެސް އެމީހުން ހާމަ ކުރިއެވެ. ހޮސްޕިޓަލުގައި ކައިވެނި ކުރި ސަބަބާ ގުޅޭގޮތުން ޖެން ބުނީ ހޮސްޕިޓަލަކީ އެދެމީހުނަށް ވެސް ވަރަށް ޚާއްސަ ތަނެއް ކަމަށާ، މިދިޔަ ހަ އަހަރު ޖެން މަސައްކަތްކޮށްފައިވަނީ މި ހޮސްޕިޓަލްގައި ކަމަށްވެސް އޭނާ ހާމަ ކުރިއެވެ. މިމީހުންގެ ކައިވެންޏަށް މަރުހަބާ ކިޔާ އިނގިރޭސި ހެލްތު މިނިސްޓަރުވެސް ވަނީ ޓްވީޓް ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!