ޚަބަރު

ހއ. އަތޮޅުން ފެށިގެން ދ އަތޮޅަށް ހުދު ސަމާލު ނެރެފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގެ އުތުރުން ފެށިގެން މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ، އެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

Ads by STELCO

މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފައި ވަނީ މާލެ ހއ. އަތޮޅުން ފެށިގެން ދ އަތޮޅާ ހަމައަށެވެ. މޯލްޑިވްސް މީޓިރިއޮލޮޖިކަލް ސަރވިސުން ބުނެފައިވާ ގޮތުގައި، އަންގާރަ ދުވަހުގެ ހެނދުނު 08:00ން ފެށިގެން 14:00ށް ހއ. އަތޮޅުން ފެށިގެން ދ އަތޮޅާ ހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާ ކުރެވޭ ކަމަށެވެ.

އަންގާރަ ދުވަހު، ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް 13 މޭލާއި 23 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާ ކޮށްފައި ވެއެވެ.

ފާއިތުވެދިޔަ ދެ ދުވަސް ރާއްޖޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަކޮށް، ވައިގަދަވެ، މޫސުން ގޯސްވެފައިވާތީ އެލާޓްތައް ނެރެފައި ވެއެވެ. އެހެން ކަމުން ކަނޑު ދަތުރު ކުރާ ފަރާތް ތަކުން މޫސުމަށް ސަމާލުވުުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!