Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޕޯސްޓުން އެތެެރެކުރަން އުޅުނު މިލިއަނެއްހާ ރުފިޔާގެ ކޮކެއިން އަތުލައިގެންފި

ޕޯސްޓުން އެތެެރެކުރަން އުޅުނު މިލިއަނެއްހާ ރުފިޔާގެ ކޮކެއިން އަތުލައިގެންފި

ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެެރެކުރަން އުޅުނު މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނީ އިއްޔެ ގެނައި މަސްތުވާތަކެތީގެ އެ ޕެކޭޖު އަތުލައިގަތީ <span style="font-weight: 400;">ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން، އިތުރަށް ބެލުމުން ކަމަށެވެ.</span>

އަދި އެ ޕެކޭޖު ބަލާ ފާސްކުރިއިރު، އެ ޕެކޭޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާއިރު، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން އެ ތަކެތި ތަހުލީލުކުރިއިރު، ކޮކެއިންއަށް ޕޮޒިޓިވްވި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

Advertisement
Ooredoo — Square (box)

އެ ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 395 ގްރާމް ހުރިއިރު، އެ ތަކެތީގެ މަގުމަތީ އަގު 987,500 ދިވެހި ރުފިޔާއަށް އަރާނެކަމަށް ބެލެވޭ ކަމަށް ވެސް ބުންޏެވެ.

ކަސްޓަމުން ބުނީ އެ <span style="font-weight: 400;">މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި، މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި މައްސަލައިގައި ޝާމިލްވާ ދިވެހި ފިރިހެނެއް ފުލުހުންނާ މިހާާރު ހަވާލުކޮށްފައިވާ ކަމަށެވެ.</span>

&nbsp;

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް