ފިހާރައަކަށް ވަދެ ބިދޭސީއަކަށް ހަމަލާދީ އޭނާގެ ބޯ ފަޅައިލައިފި

މާލޭގެ ފިހާރައެއްގައި މަސައްކަތް ކުރާ ބިދޭސީއަކަށް ހަމަލާދީ ބޯ ފަޅައިލައިފިއެވެ.
މި ފިހާރައަކީ ނިކަގަސްމަގުގައި ހުންނަ ފިހާރައެއް ކަމަށާއި، ފުލުހުންނަށް އެ މައްސަލަ ލިބިފައިވަނީ މިއަދު ގާތްގަނޑަކަށް 17:50 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
އަނިޔާ ލިބިފައިވާ ބިދޭސީ މީހާއަށް މިހާރު އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދާ ކަމަށާއި، މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރު ކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.